ޖޫނިއާ ބެޑްމިންޓަން މުބާރާތުން ރާއްޖެއަށް ގިނަ ވަނަތަކެއް ލިބިއްޖެ

ސައުތު އޭޝިއާ ބެޑްމިންޓަން މުބާރާތުގައި ރާއްޖެއިން ބައިވެރިވި ޓީމް--- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ސައުތު އޭޝިއާ ބެޑްމިންޓަން މުބާރާތުގައި ރާއްޖެއަށް އެކި އުމުރުފުރާތަކުން ގިނަ ވަނަތަކެއް ލިބިއްޖެއެވެ.

އިންޑިއާގެ ގުވަހާޓީގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ރާއްޖެއަށް ވަނަ ލިބިފައިވަނީ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް އާއި ފިރިހެން ޑަބަލްސްގެ އިތުރުން ޓީމް އިވެންޓްސްއިންނެވެ.

އެ މުބާރާތުގެ އޯޕެން އިވެންޓުތަކުގައި ބައިވެރިވެ ރާއްޖޭގެ ސަމްރާ އަހުމަދު ހައިކަލް އާއި އައިޝަތު ޒޯޔާ ހުސެއިންގެ ޕެއާއިން ވަނީ 15 އަހަރުން ދަށުގެ އަންހެން ކެޓެގަރީގެ ލޯ މެޑަކް ކާމިޔާބުކޮށްފައެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ވާދަކޮށް ރާއްޖޭގެ ޕެއާ ވަނީ އެ ކެޓެގަރީން ވެސް ލޯ މެޑަލް ހޯދައިފައެވެ. އެ ކެޓެގެރީގައި ވާދަ ކޮށްފައިވަނީ ޔޫސުފް މުނާދީ އާއި އައްޔޫބު އަޒްހަރުގެ ޕެއާއެވެ.

މީގެއިތުރުން ޓީމު އެވެންޓުތަކުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ އަދި 17 އަހަރުން ދަށުގެ ޓީމުތަކުން ވެސް ވަނީ ވަނަ ހޯދައިފައެވެ. އެގޮތުން 15 އަހަރުން ދަށުގެ ބައިގައި ބައިވެރި ރާއްޖޭގެ ސަމްރާ އަހުމަދު ހައިކަލްއާއި، އައިޝަތު ޒޯޔާ ހުސައިންއާއި، ޔޫސުފް މުނާދީގެ އިތުރުން އައްޔޫބް އަޒްހަރު ވަނީ ލޯ މެޑްލް ހޯދައިފައެވެ.

ސަތާރަ އަހަރުން ދަށުގެ ކެޓެގަރީން ވާދަކޮށް ރާއްޖެއަށް ލިބުނީ ލޯ މެޑަލްއެކެވެ. އެ ކެޓެގަރީން ރާއްޖެ ޓީމުގައި ހިމެނުނީ މުހައްމަދު އުދައިޝް އަހުމަދު ޝަރީފް، ޝުބާ މުހައްމަދު ޝަރީފް، އިސްމާއިލް ނާބިތު އިބްރާހިމްގެ އިތުރުން ޝައިބާ މުހައްމަދު ޝަރީފްއެވެ.

comment ކޮމެންޓް