ހިންނަވަރުގައި ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ޅ ހިންނަވަރު -- ފޮޓޯ: ކުނބު ޓްރާންސްފާ

ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުއްޓައި އެ ރަށުގެ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ހިންނަވަރު ކައުންސިލް މެންބަރު ހަސަން ވަހީދު އަބްދުﷲ "ސަން"އަށް ވިދާޅުވީ މިއަދު ހަވީރު އެ ރަށުގައި މެޗެއް ކުޅެނިކޮށް މަރުވީ އެ ރަށު މުބްތަދާ އަލީ ކަމަށެވެ.

އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން ވެއްޓިގެން ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

އޭނާއަށް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދިޔަކަމަށާއި، އޭނާ މަރުވެފައިވަނީ ނައިފަރަށް ގެންދިޔުމުގެ ކުރިންކަމެއް ނުވަތަ ނައިފަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމެއް އަދި ނޭނގޭކަމަށް ހަސަން ވިދާޅުވިއެވެ.

އެ ޒުވާނާގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރި ބައެއް މީހުން ވަނީ އޭނާއަކީ ފުޓްބޯޅަ ކުޅެން ޝައުގު ހުންނަ، ކުޅިވަރަށް ލޯބިކުރާ މީހެއް ކަމަށް ބުނެފައެވެ.

މިދިޔަ މަހުގެ 26ގައި އދ. މާމިގިލީގައި ވޮލީ ކުޅެން ހުރި ޒުވާނަކު ވެސް ކުއްލި ގޮތަކަށް މަރުވެފައިވެއެވެ. އެއީ އެ އަތޮޅު ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ)، 37، އެވެ.

https://sun.mv/167613

އޭނާ ވޮލީ ކޯޓަށް ވެއްޓުމުގެ ކުރިން މެއަށް ތަދެއް އެރި ވާހަކަ ބުނި ކަމަށް 'ސަން'އަށް އެނގިފައިވެއެވެ.

comment ކޮމެންޓް