ވޮލީ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

އުމުރުން 37 އަހަރުގެ ވޮލީ ކުޅުންތެރިޔާ ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ) -

އދ. މާމިގިލީގައި ވޮލީ މެޗެއް ކުޅެން ހުރި ޒުވާނަކު މިރޭ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އދ. އަތޮޅުގެ ޒޯނު މުބާރާތުގެ މެޗުގައި އދ. ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ވޮލީ މެޗުގައި ކުޅެން ހުއްޓާ މަރުވެފައި ވަނީ އެ އަތޮޅުން ފާހަގަ ކޮށްލެވޭ ވޮލީ ކުޅުންތެރިއެއް ކަމަށްވާ، ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ)، 37، އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މެޗު ކުރިއަށް ދަނިކޮށް މެެއަށް ތަދެއް އެރިކަމަށް އޭނާ ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ވެއްޓުމުން މާމިގިލި ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އެއްވަނަ ޑިވިޝަނަށް ވެސް ވޮލީ ކުޅެފައިވާ އަހުމަދު އަބްދުﷲގެ ދެ ކުދިން ތިބެއެވެ.

comment ކޮމެންޓް