ހއ. ހޯރަފުށި ކައިރީ އޮންނަ މަނަފަރު ރިސޯޓުން ވަޒީފާއިން ވަކިކުރި 29 މީހުންގެ ތެރެެއިން މިހާތަނަށް އެހެން ވަޒީފާއެއް ލިބިފައިނުވާ އެންމެންނަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މުސާރައާއި އިނާޔަތްތައް ގާނޫނާ ޚިލާފަށް އުނިކުރުމަށްފަހު ރިޑަންޑަންސީގެ ހާލަތު މެދުވެރިވެފައިވާކަމަށް ބުނެ އެމީހުން ވަޒީފާއިން ވަނިކުރީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.
މިދިޔަ ހޯމަ ދުވަހު ވަޒީފާއާބެހޭ ޓްރިބިއުނަލުން ނިންމި ނިންމުގައި ވަނީ އެ 29 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އެމީހުންގެ ވަޒީފާގެ މުއްދަތު ހަމަވެފައިވާ މީހުންނާއި، މިހާރު އެހެން ވަޒީފާއެއް ހަމަޖެހިފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް ޓްރިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
އެ އެންމެނަށް ގާނޫނާ ޚިލާފަށް އުނިކޮށްފައިވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ. އަދި ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދިނުމަށްފަހު އެކަން ޓްރައިބިއުނަލަށް އެންގުމަށް ވެސް އަމުރުކޮށްފައިވެއެވެ.