ޝަރީއަތުގައި ހުކުމްތައް ބާއްވާލައްވާފައި ވަނީ އިންސާނާގެ މަސްލަހަތު ރައްކާތެރިކުރުމަށް

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތުގައި އެންމެހާ ހުކުމްތައް ބިނާވެފައިވަނީ އިންސާނާގެ މަސްލަހަތު ރައްކާތެރިކޮށް، ނަފުސު ހިމާޔަތްކޮށް އަދި ދެ ދުނިޔޭގެ ބާއްްޖަވެރިކަމުގެ މައްޗަށްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ބުނީ ޝަރީއަތުގައި އިންސާނާގެ ދަރަޖަ ވަރަށް މަތިވެރިވެގެން ވާކަމަށެވެ. އެގޮތުން އިންސާނާގެ ނަފުސު ހަލާކުގެ ތެރެއަށް ގޮސްދާނެ ހުރިހާ ކަމަކުން ރައްކާތެރިވުމަށް ޚުތުބާގައި ގޮވާލިއެވެ.

މިކަމުން ދޭހަވަނީ މާތް ﷲ އިންސާނާ މަތިވެރި ކުރައްވާފައިވާ މިންވަރެވެ. ސަލާމަތުގެ ސަބަބުތަކާމެދު ވަރަށް ގިނަ ބަޔަކު އިހުމާލުވެފައި ވާކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ގޯތި ގެދޮރު ބިނާކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކަށް ފާހަގަވާކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން އިމާރާތްކުރުމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ވެއްޓޭ ތަކެތިން ޖެހި މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ލިބި ހިތާމަވެރި ހާދިސާތައް ހިނގާކަމަށް ޚުތުބާގައި ބުންޏެވެ.

އިމާރާތް ކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، އަލިފާން ނިއްވާ ވަޞީލަތްތަކާ، ކަރަންޓާ، ފެނާ، ގޭހާ އަދި މި ނޫން ވެސް ވަޞީލަތްތަކަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭނުން ކުރެވޭ ވަޞީލަތް ތަކަކަށް ހަދަންޖެހެއެވެ.

"ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ވެސް ސަލާމަތީ ސާމާނު ހަމަޔަށް ހުރިތޯ ބަލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ކަނޑުދަތުރުކުރާއިރު ފަސިންޖަރުން ލައިފްޖެކެޓް އަޅާ މޫސުމާ ބެހޭ ގައުމީ އިދާރާއިން ދޭ އިރުޝާދުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމަށް އިހުމާލު ވެއްޖެނަމަ އޭގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކާމެދު ވިސްނަން ޖެހޭކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް