ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ ހުއްދަ ނެތި އެހެން ބަޔަކު ބޭނުން ކުރާތީ، އެކަމާ އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ޑާކް ރެއިން އެންޓަޓައިންމެންޓުން މި ފަހުން ވަނީ މަރިޔަމް އަޝްފާ ލައްވާ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ ކިޔުއްވުމަށް ފަހު ވީޑިއޯ ލަވައެއް ނެރެފައެވެ. ފަހުގެ ލަވައަށް އެކްޓް ކޮށްފައިވަނީ އައިމިނަތު ރަޝްފާ(އާޝާ) އާއި ޝަރަފުއްދީން އަބްދުﷲއެވެ.
އަލީ ރަމީޒު މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ފިލްމުތައް ހަދާ ކުންފުންޏަކުން އޭނާގެ އަމިއްލަ އުފެއްދުމެއް އޭނާގެ އިޒުނައަކާ ނުލައި އެހެން މީހަަކަށް ދީގެން ކިޔުއްވާފައިވާ ކަަމަށެވެ.
"އެ ލަވައިގެ ރިމިކްސް އާއި ވީޑިއޯ އަދި އެ ލަވަ އެ ކުންފުނިން ހަދާ ފިލްމަކަށް ލާން މަސައްކަތްކުރާކަން އެމީހުންގެ ސޯޝަލް މީޑިއާއިންނާއިން އެހެން މީޑިއާތަކުން އަޅުގަނޑަށް ވަނީ ކަށަވަރު ކޮށްދީފަ،" އޭނާގެ ޕޯސްޓުގައިވެއެވެ.
އަލީގެ ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކާ މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.
އަލީ ވަނީ މީހުންގެ ހައްގުތަކަށް އިޙުތިރާމުކޮށް، އެފަދަ ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައިފައެވެ.
މީގެ އިތުރުން އަލީ ވަނީ ފިލްމު ކުޅުމުގެ ނަމުގައި ބިންމަތި ފަސާދަ ކުރުން ހުއްޓާލައި މާތްﷲއަށް ބިރުވެރިތިވުމަށް އެންމެނަށް ނަސޭހަތްތެރިވެފައެވެ.
އަލީ އަކީ ކުރީގައި ލަވަ ކިޔައި މީހުންގެ ބޮޑު ތަރުހީބެއް ލޮބުނު މޮޅު ލަވަކިޔުންތެރިއެއްގެ ގޮތުގައި އަދިވެސް ގިނަ ބަޔަކު ސިފަކުރާ މީހެކެވެ.
ނަމަވެސް އޭނާ ވަނީ އެފަދަ ހުރިހައި ކަމެއް ހުއްޓާލިކަން އިއުލާނުކޮށް، އޭނާ އުފައްދާފައިވާ ލަވަތައް ވެސް އަޑު ނޭހުމަށް އާއްމުންގެ ކިބައިން އެދިފައެވެ. އަދި ލަވަ ކީ އަލީގެ ނަމުން ނުކިޔުމަށް ވެސް އޭނާ އެދެއެވެ.
comment ކޮޕީރައިޓަރު
3 year 6 month ago
ކޮޕީރައިޓު ވާހަކަ ދައްކާން އަލީ ރަމީޒު ކުފޫހަމަވޭތޯ؟ އޭނާ ލަވަކިޔަގެން މަޝްހޫރުކަމާ ބޮޑުތަނުން މަންފާ ހޯދީ އެހެން ބަޔެއްގެ އުފެއްދުންތަކެއް ހުއްދަނުހޯދާ ބޭނުންކޮށްގެން. އެހެން ފަންނުވެރިންގެ ހައްގައް އަރައިގަންނަން އަލީ ރަމީޒު ވީމަ އޯކޭ. ކޫލް.
comment ކަޅު ސޮރު
3 year 6 month ago
ހަގީގަތުގައި ޢަލީ ރަމީޒު ގެ ހުއްދަ ލިބިގެން އެކަން ކުރެވޭނީ. އޭނަ ލަވަ ކިއުން ހުއްޓާލާފައި ހުއްޓަސް. އޭނަ ނޫނެކޭ ބުނެއްޖެޔާ އެހެން ކަމަކާ އުޅެން ޖެހޭނީ. ކޮންމެ ކަމެއްގައި ވެސް ހަމަ ތަކަކާއި އުސޫލު ތަކެއް އޮންނަންވާނެ. ގަސް ދޮށަށް ޖަންބުމާ!
comment ހާލުފޮޅި ފޮޅި
3 year 6 month ago
މީހެއްގެ އެއްޗެއް ބޭނުން ކުރާނަމަ ހުއްދަހޯދަން ޖެހޭނެ…ޑާރކްރޭނެއް އެހެން ރޭނެއް ކިޔާނެކަމެއްނެތް.. އަލީ ރަމީޒް މިހާރު ލަވަކިއުން ހުއްޓާލައިގެން ހުއްޓަސް އެލަވަ އަކީ އަލީ ރަމީޒްގެ މިލްކެއް… ވިޔަފާރި އުސޫލުން ބޭނުން ކުރެވޭނީ ވެރިފަރާތުގެ ހުއްދަ ލިބިގެން…. އަލީ ރަމީޒު މިހެން ބުނީމަ އެންމެނަށް ގޯސްވީ، ހީވީ އަރާ ކައިފާނެހެން…
comment ޢަލީބެ
3 year 6 month ago
ކާފަރުލަވަތައް ކިޔާ އެންމެން އޭގެ ޖާދޫގަ ޖައްސާދަ ތިހިރީ. ޢަލީގެ ސުންޕާކަން ޖީލުތަކަށް ދެމިގެބްދާނެ. ޢަދި ތުއުޅެނީ ެެެެެެެެެެެެެެެެެ އެލަވަތަކުން އިތުރަށް ފައިސާވެސް ނުހޯދިގެން.
reply ކިންގް
3 year 6 month ago
ކޮއްކޮޔަށް އެނގޭތަ ތައުބާ ވުމުން ފާފަ ފުއްސަވާ ކަން، އަދި އަލީ މިހާރު އެކަން އެކުރަނީ ފައިސާގެ ބޭނުމަކު ނޫންކަން އެ އެއްޗިހި ޕްރޮމޯޓް ވިޔަ ނުދޭން ކަން
comment ޒޯރޯ
3 year 6 month ago
މަރިޔަމް އަލީ. މަރުވުމަށް ފަހު އެމީހަކުކުޅަ ހެޔޮއަމަލަކުން ނޫނީ ފައިދާ ނުކުރާނެ. އަދި ނުބައި އަމަލެއް ދޫކޮށްލި މީހަކު ދުނިޔެ ދޫކުރިޔަސް އެހެންބަޔަކު އޭގެ އަޑުއަހާނަމަ އޭގެއިން އެމީހާ ފާފަވެރިވާނެ. އަޅުގަންޑަށް ހީވަނީ އެހެނަވެހެން އަލީ ރަމީޒު އެހެން ވިދާޅުވީ. ކޮންމެހެން ރީތިނަމެއް ހޯދާކަށް ނޫންހެން ހީވަނީ. އަލީ ރަމީޒުއަކީ އެއަށްވުރެން އީމާންތެރިކަން ވަރުގަދަ ބޭފުޅެއް. ހިއްވަރު ހުރީމަ މަސްހޫރުކަން ދޫކޮށްލައި ދެދުނިޔެ އެދިގެން އެހުންނެވީ
comment މަރިއަމް އަލީ
3 year 6 month ago
ޢަލީ ރަމީޒު ލަވައިގެ ކޮޕީރައިޓުގައި ބަގުޑި ބެއްދުމެކޭ މިއާ ހަލީފާ ތައުބާވުމަށްފަހު އޭނާގެ ފިލްމުތަކުން މަންފާ ލިބިގަތުމެކޭ ތަފާތެއް ނެތް.
reply ކިންގް
3 year 6 month ago
މިއާ ހަލީފާގެ ކަންތަށް ހާދަ އެނގެޔޭ އެބަ 😂
reply ޏިނާ
3 year 6 month ago
ޢަލީ ނޫޅޭ ކޮޕީ ރައިޓް ގަ ބަގުޑި ބައްދާކަށް. ޢެ ލަވަ އެއްވެސް ގޮތަކަށް އެއްވެސް ބޭނުމަކު ބޭނުން ކުރުމަށް އަލީ ހުއްދަ ދޭކަށް ބޭނުމެއް ނުވޭ. ކިރިޔާވެސް އަލީ އަށް ބާރު ފޯރުވޭ ކަމެއްނަމަ އެކަން މަނާކުރުން އޭނާގެ މަގްސަދަކީ. ބާރު ނުފޯރާ ލަވަތަށް އަދިވެސް މީސްތަކުން އަޑު އަހަނީ ނޫންތޯ. ޢެކަން އަލީ އަނގަބަހުން މަނާ ކުރޭ އެބަ. ޢަމަލުން ވެސް މަނާ ކުރެވެން އޮތް ތަންތާ އަމަލުން ވެސް މަނާ ކުރަނީ އެ.
reply ޢަލީ
3 year 6 month ago
ޢަދި އަލީ ރަމީޒު ކިޔާފަ ވަނީ ކޮޕީ ރައިޓްސް އެއް ނޫން ތައް
reply އައްޔު
3 year 6 month ago
މަރިޔަބޫ އެޔަށްކިޔާނީ ބަގުޑި ބެއްދުމެއް ނޫން އެކިޔަނީ ލަވަނުކިޔާށޭ