2020 ވަނަ އަހަރު މާތީ ސާނަވީން އަހުމަދިއްޔާގެ ތަރިއަކީ ނަފްހާ

އަހުމަދިއްޔާގެ 2022 ވަނަ އަހަރުގެ މަތީ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2020 ވަނަ އަހަރުގެ މަތީ ސާނަވީގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާޠިމަތު ނަފްޙާ ހޮވިއްޖެއެވެ.

އަހުމަދިއްޔާގެ 2022 ވަނަ އަހަރުގެ މަތީ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ހަފްލާ ރޭ ވަނީ އެ ސުކޫލުގައި ބާއްވައިފައެވެ.

އެ ހަފްލާގައި އެންމެ މޮޅު ދަރިވަރަށް އިނާމުތަކާއި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ރަޝީދެވެ.

ރޭގެ ޖަލްސާގައި މިދިޔަ އަހަރު ތައުލީމީ ގޮތުން އެކިއެކި ވަނަތައް ހާސިލް ކުރި ދަރިވަރުންނަށާއި 2021 ވަނައަހަރު އޭލެވެލް އިމްތިހާންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ވެސް ތައްޓާއި ސެޓްފިކެޓް ވަނީ ދީފައެވެ.

މިދިޔަ އަހަރު ބޭއްވި އެޗްއެސްސީ އިމްތިހާނާއި އެޑެކްސެލް އޭލެވެލް އިމްތިހާނު ތަކުގައި އަހުމަދިއްޔާގެ 178 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އަހުމަދިއްޔާއިން ބުނީ އެ ސުކޫލުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ނަތީޖާތަކެއް މިދިޔަ އަހަރު އެ ދަރިވަރުން ވަނީ ހާސިލު ކޮށްފައި ކަމަށެވެ.

އަހުމަދިއްޔާގެ 2022 ވަނަ އަހަރުގެ މަތީ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު

އެގޮތުން މިދިޔަ އަހަރު އޭލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަހުމަދިއްޔާގެ 50 ދަރިވަރުން ވަނީ ހިމެނިފައެވެ. ހަމައެއާއެކު އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި އެ ސްކޫލްގެ 11 ދަރިވަރަކުވަނީ ހިމެނިފައިވެއެވެ.

އޭގެ ތެރޭގައި:

  • އަޙްމަދު ރަސަލް ތަސްލީމް 12އެލް (އެކައުންޓިން އަދި ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ)
  • ފާތިމަތު މާޔާ ނަސްރުﷲ 12ޖޭ (އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ)
  • މުޙައްމަދު ރަޒާން އަޙްމަދު 12އެލް (އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ)
  • އަޙްމަދު އަލާން 12އެލް (އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ)
  • ފާތިމަތު މިދުހާ 12ކޭ (އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ)
  • އަޙްމަދު އަޝްހަމް އާދިލް 12އެލް (އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ)
  • އަޙްމަދު ރަފްޙާން ފާއިޒް 12 އެޗް (ފިޒިކްސް އިން މުޅި ދުނިޔެއިން 2 ވަނަ، މެތަމެޓިކްސް އިން މުޅި ދުނިޔެއިން 4 ވަނަ އަދި ކެމިސްޓްރީ އިން މުޅި ދުނިޔެއިން 6 ވަނަ)
  • ޢާއިޝަތު ލީން މައުސޫމް 12ކޭ (ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 5 ވަނަ) އެވެ.

އަހުމަދިއްޔާގެ 2022 ވަނަ އަހަރުގެ މަތީ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު

އޭގެ ތެރެއިން އަޙްމަދު ރަފްޙާން ފާއިޒް ވަނީ އެޑެކްސެލްގެ ގްރޭޑް ޕްރިޒް އެވޯޑް ހާސިލްކޮށްފައެވެ.

އަހުމަދިއްޔާއިން ވަނީ އެ ސުކޫލުގެ 12 ދަރިވަރަކު ދިވެހި ސަރުކާރުގެ ހައި އެޗީވާސް ސްކޮލަޝިޕް ކާމިޔާބުކޮށް ސަރުކާރުގެ ޚަރަދުގައި މަތީ ތައުލީމު ފަށައިފައިވާ ކަން ފާހަގަކޮށް، އެކަމާ ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

އެ ދަރިވަރުންނަކީ:

  • އަޙްމަދު އަލާން 12އެލް
  • އަޙްމަދު ރަފްހާން ފާއިޒު 12އެޗް
  • އަޙްމަދު ރަސަލް ތަސްލީމް 12އެލް
  • ފާތިމަތު މާޔާ ނަސްރުﷲ 12ޖޭ
  • ހަސްނާ ޢަލީ 12ޖޭ
  • މުޙައްމަދު އައިލަމް ޙުސައިން 12ޖީ
  • މުޙައްމަދު ހަމްދާން އަޙްމަދު 12އެލް
  • މުޙައްމަދު ރަޒާން އަޙްމަދު 12އެލް
  • ނަފްޙާ މޫސާ 12ޖޭ
  • ސަހްނަތު ސަފިއްޔާ 12ޑީ
  • ޙަސަން ޙަމީދު 12ޖީ،
  • ޢައިޝަތު ލީން މައުސޫމް 12ކޭއެވެ.

ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި އަހުމަދިއްޔާ އިންޓަނެޝަނަލް ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ މިދިޔަ އަހަރަކީ އެ ސްކޫލްގެ "ޓްރެކް ރެކޯޑު" ދައްކާ ގޮތުން އެންމެ ފަޚުރުވެރި ނަތީޖާ ހޯދި އަހަރު ކަމަށެވެ.

އަޙުމަދިއްޔާގެ ކާމިޔާބީގެ މުގުލަކީ އެ ސުކޫލުގެ ހީވާގި ޓީޗަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ކިޔަވައި ދިނުމަކީ ހަމައެކަނި ޓީޗަރުންގެ "ޕެޝަން" ކަމަށް ސިފަކުރެވެން ނެތްކަމަށެވެ. ކިޔަވައި ދިނުމަކީ ޓީޗަރުން އެންމެ ގިނަ ވަގުތާއި ހަކަތަ ހޭދަކުރާ ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދިއްޔާގެ 2022 ވަނަ އަހަރުގެ މަތީ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު

"އަޙުމަދިއްޔާގެ ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގާ ވެސް އިތުރު ކާމިޔާބީ ހޯދުމަށް ޓީޗަރުން ކުރާ ބުރަ މަސައްކަތަކީ، ޖުމްލަ ތަކަކުން އަޅުގަނޑަށް ޝުކުރު ދެންނެވޭ ވަރަށްވުރެ މާ މަތިވެރި ޚިދުމަތެއް. ތިޔައީ، މި ސްކޫލުގެ ނަން، ދުނިޔެއާ ރާއްޖޭގެ ފަޒާގާ، ވިދުވައިދޭ ބޭފުޅުން،" ޕްރިންސިޕަލް ވިދާޅުވިއެވެ.

ރަޝީދު ވަނީ ކިޔެވުން ދޫކޮށްނުލައި އެކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން އިތުރަށް ކިޔަވައިގެން އަނެއްކާވެސް މިއަދަށްވުރެ މާ ކާމިޔާބު މާދަމައެއް ލިބިގަތުމަށް ދަރިވަރުންނަށް އިރުޝާދު ދެއްވައިފައެވެ.

އޭނާ ވިދާޅުވީ އެކި ރޮނގުތަކުން މަތީ ތައުލީމަށް ވާސިލުވާ ކުދިންނަށް ވުމަކީ، އޭނާގެ ވަރަށް ބޮޑު އަދުމެއް އަދި އުއްމީދެއް ކަމަށެވެ.

comment ކޮމެންޓް