އާސަންދައާއި ވިލާ އެއާއާ ދެމެދު ޓްރެވެލް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާސަންދަ ކުންފުންޏާއި ވިލާ އެއާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ/ އާސަންދަ

އާސަންދަ ކުންފުންޏާއި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ޓްރެވެލް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީޤެވެ. ވިލާ އެއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުއްﷲ ނާޝިދެވެ.

އާސަންދައިގެ ޚިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކާމާއި އެއްބާރުލުން، މިއެއްބަސްވުމުގެ ދަށުން، ވިލާ އެއާގެ ފާރާތުން އާސަންދަ ކުންފުންޏަށް ލިބޭނެއެވެ.

ޚާއްސަކޮށް ވިލާ އެއާގެ ފްލައިޓްތައް ދަތުރުކުރާ އެއާޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާ، ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށްވެސް، މި އެއްބަސްވުމުގެ ސަބަބުން، އާސަންދަ ސްކީމްގެ ދަށުން އިމަޖަންސީ އިވެކުއޭޝަން ޚިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

އާސަންދަ ކުންފުނިން ދަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު އެއާލައިންތަކާ އެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް