އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު މިޑްފީލްޑަރު ޕައުލް ޕޮގްބާ ކަކުލުގެ އޮޕަރޭޝަން ކުރުމާއެކު އޭނާއަށް އަންނަ ވޯލްޑްކަޕް ގެއްލިދާނެކަމަށް ބެލެވިއްޖެއެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިން ޕްގްބާއަށް ވަނީ އަނިޔާވެފައެވެ.
އެ އަނިޔާއަށް ފަރުވާ ކުރިނަމަވެސް އިތުރަށް އެ އަނިޔާ ރަނގަޅު ނުވުމުގެ އޮޕަރޭޝަނެއް ކުރުމަށް މަޖުބޫރުވިއެވެ. އޭނާ އިއްޔެ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ފުރިހަމަ ކޮށްފައެވެ.
އޭނާއަށް ކުޅުމުގައި ބައިވެރިވެވޭނެ ދުވަހެއް ޔަގީންކޮށް ބުނަން އަދި ނޭނގެއެވެ. އެނބުރި ކުޅުމަށް އައުމަށް މަދުވެގެން ތިން މަސް ނަގާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވޯލްޑު ކަޕަށް 75 ދުވަހަށް ވެފައިވާއިރު ޕޮގްބާ ވޯލްޑުކަޕުން ނުފެނުމަކީ ގާތްކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕޮގްބާގެ އަނިޔާއާ ގުޅޭގޮތުން މިޑިއާއާ ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ކުޅުމުގައި ބައިވެރިވާނެ ކަމަށެވެ.
މީގެއިތުރުން އަނިޔާގެ ސަބަބުން ޕޮގްބާއަށް ވޯލްކަޕް ގެއްލިދާނެތޯ ސުވާލުކުރުމުން އަލެގްރީ ބުނީ ޕޮގްބާއަށް ވޯޕްޑްކަޕް ކުޅެވޭތޯ ނުވަތަ ނުކުޅެވޭތޯ އެއީ އޭނާ ބަލަން ޖެހޭކަމެއް ނޫން ކަމަށެވެ.
ޕޮގްބާއަކީ 2018 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
މިއަހަރުގެ ވޯލްޑުކްޕަގައި ފްރާންސްގެ ފުރަތަމަ މެޗުގައި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ޓީމު ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސް ހިމެނިފައި ވަނީ ޑެންމާކާއި ޓުނޭޝިއާއި އޮސްޓްރޭލިއާ އެކުގައެވެ.