ރިޝްވަތުގެ މައްސަލައެއް ބަލަން ފެށުމުން މެޖިސްޓްރޭޓަކު އިސްތިއުފާ ދީފި

ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ --

ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައެއް ބަލަން ފެށުމުން އޭނާ މެޖިސްޓްރޭޓްކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނީ އަހްމަދު ސައީދު އަލީ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު އެ ކޮމިޝަނަށް ފޮނުވާފައިވާކަމަށެވެ. އަދި މާދަމާއިން ފެށިގެން އޭނާ އިސްތިއުފާ ދެއްވާފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

އޭނާގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ޖޭއެސްސީން މީގެކުރިން ބުނެފައިވެއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރިޝްވަތު ނެގުމުގެ ތުހުމަތެވެ.

އެ މައްސަލަ ތަހުގީގުކުރަން ނިންމާފައި ވަނީ އޯގަސްޓް 24 ބޭއްވި މައްސަލަތައް ބަލާ ކޮމިޓީގެ ބައްދަލުވުމުގައެވެ.

comment ކޮމެންޓް