ހިންމަފުށީގައި ހަމަނުޖެހުން ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

ހިިންމަފުށީ އަތިރިމަތީގައި ފަތުރުވެރިން ތަކެއް ވަގުތު ހޭދަކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކ. ހިންމަފުށީގައި ފަތުރުވެރިން ތިބި ގެސްޓް ހައުސް އަކަށް ވަދެ، ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން އެ ރަށުގައި ހިންގި އެހެން ހަމަނުޖެހުމަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިންމަފުށީ ގެސްޓް ހައުސްއަކަށް ގެއްލުންދީފައިވާ ކަމުގެ ރިޕޯޓް ލިބުނީ އިއްޔެގެ 15:45ހާއިރު ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ގެސްޓް ހައުސްއަށް މީހަކު ވަދެ، ތަކެއްޗަށް ގެއްލުން ދިން މައްސަލައިގެ އިތުރުން ރޭ ދަންވަރުގެ ރަށު ތެރޭގައި ވެސް ހަމަނުޖެހުން ހިންގާފައިވާ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 20، އަހަރާއި 27، އަހަރާއި 29، އަހަރާ އަދި 37 އަހަރުގެ މީހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ދެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް