މަންތާ އެއާގެ ފްލީޓަށް އަލަށް ބީޗް ކްރާފްޓެއް ތައާރަފްކޮށްފި

މަންތާ އެއާ އަށް ތައާރަފްކުރި ބީޗް ކްރާފްޓް 1900d މަރުކާގެ ބޯޓު

މަންތާ އެއާގެ ފްލީޓަށް ފުރަތަމަ ފަހަރަށް ބީޗް ކްރާފްޓެއް ތައާރަފްކޮށްފިއެވެ.

އެގޮތުން އިއްޔެ ހަވީރު މަންތާ އެއާގެ ފްލީޓަށް ތައާރަފްކޮށްފައި ވަނީ އެމެރިކާގެ ބީޗް އެއާކްރާފްޓް ކޯޕަރޭޝަނުން އުފައްދާފައިވާ ބީޗް ކްރާފްޓް 1900d މަރުކާގެ ބޯޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު ފުރަތަމަ ބޭނުން ކުރާނީ ޓެސްޓް ކުރުމަށެވެ. އެއަށްފަހު ކާމިޔާބު ވެއްޖެ ނަމަ އިތުރަށް ބޯޓު ގެނެސް އެތެރޭގެ ދަތުރުތަކަށް ބޭނުން ކުރުމަށް މަންތާއިން ވަނީ ނިންމާފައެވެ.

މިއީ 19 ސީޓުގެ ބޯޓެކެވެ. އަދި މިއީ ސީޕްލޭންއަށްވުރެ ބޮޑު ބޯޓެކެވެ.

މަންތާއިން ބުނީ މި އާ ބޯޓާއެކު ރައްޖޭގައި ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި އިތުރު ފުރުސަތުތަކެއް ފަހި ވާނެކަމަށެވެ.

comment ކޮމެންޓް