ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ތިން މީހަކު ޖަލަށް

ފުވައްމުލަކުގައި ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި ފަރުހާދު: އޭނާގެ އިތުރުން ދެ މީހަކަށް ވެސް ވަނީ ހުކުމް ކޮށްފައި

ޏ. ފުވައްމުލަކުގައި ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ތިން މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ފުވައްމުލަކު ސިޓީ, ފުނާޑު، ގިފްޓް، އަޙްމަދު ޢާޞިމް، އާއި ހަމަ އެ އަވަށު ނިކަ، މުޙައްމަދު ޙުސައިންގެ އިތުރުން މިސްކިތްމަގު، ލީނާ، ޢަބްދުﷲ ފަރުހާދުއަށެވެ.

ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މީހުން އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވަނީ 14 އަހަރާއި 16 އަހަރުގެ ފުރާވަރު ދެ އަންހެން ކުދިންނަށެވެ.

އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރަށް ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ދެން ޖަލުގައި ހޭދަ ކުރަން ޖެހޭނީ ނުވަ އަހަރާއި 10 މަހާއި 15 ދުވަހެވެ.

comment ކޮމެންޓް