ޕްރިމިއާ ލީގް: ސައުންތުއެމްޓަން އަތުން ޓޮޓެންހަމްއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރެމިއާ ލީގުގައި ޓޮޓެންހަމް އަދި ސައުތުއެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން---

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތުއެމްޓަން އަތުން ފަސޭހަކަމާއެކު ޓޮޓެންހަމް މޮޅުވެއްޖެއެވެ.

މިރޭ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

އާ ސީޒަނުގައި ޓޮޓެންހަމް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އެ ޓީމުން ވަނީ ގޯލު ޖަހާނެ ރަނުގެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނަގައިފައިވަނީ ސައުންތުއެމްޓަން އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް އެ ގޯލު ޖަހައިދީފައިވަނީ ޖޭމްސް ވާޑް ޕްރައުސްއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ރަޔާން ސެސެގްނޮން ވަނީ ކުލުސެވްސްކީގެ އެހީތެރިކަމާއެކު ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެރިކް ޑަޔާ ވަނީ ޓޮޓެންހަމްއަށް ގޯލެއް ޖަހައިދީ މެޗުގެ ލީޑު ފުރަތަމަ ފަހަރަށް އެ ޓީމަށް ނަގައިދީފައެވެ. އެ ގޯލަކީ އެ ޓީމުގެ ސޮން ނަގައިދިން ހުރަހަކުން އޭނާ ޖަހައިފައިވާ ގޯލެކެވެ.

މެޗުގައި ޓޮޓެންހަމް ޖަހައިފައިވާ ތިން ވަނަ ގޯލަކީ މެޗުގެ 61 ވަނަ މިނެޓުގައި ސައުތުއެމްޓަންގެ ސަލިސޫއަތުން ވަން ބައި ގޯލެކެވެ.

އެމާސަން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި މެޗުގެ 63 ވަނަ މިނެޓުގައި ކުލުސެވްސްކީ ވަނީ ޓޮޓެންހަމްގެ ހަތަރުވަނަ ގޯލުޖަހައިދީފައެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި ވޯލްވްސް އަދި ލީޑްސް ޔުނައިޓެޑް ވަނީ ވާދަކޮށްފައެވެ. އެ މެޗުން 2-1 ގެ ނަތީޖާއަކުން ލީޑްސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް