ކާނަލް ނަޝީދާއި، ޑީއީޑީ އަބްދުއްރަހްމާނުގެ ބަންދަށް 15 ދުވަސް

އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ހިމެނޭ މީހުން، (ކ-ވ) މުހައްމަދު ނަޝީދު (ކާނަލް)، ނާޒިމް ސައްތާރު، އަބްދުއްރަހްމާން ރަފީއު

ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ ކާނަލް ނަޝީދާއި، އަބްދުއްރަހްމާނުގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ.

ކާނަލް ނަޝީދާއި، ނާޒިމް ސައްތާރުގެ އިތުރުން އަބްދުއްރަހްމާން އަލަމްގީރު އުޅޭ ކޮޓަރީގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް މިދިޔަ މާޗު މަހުން ފެށިގެން މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ވީޑިއޯތަކަތުގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ ދައުރުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރުއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަކަމަށް އެނގިފައިވެއެވެ.

comment ކޮމެންޓް