މާލޭގައި މާދަމާ ރޭ ހަވާ އަރުވާކަން އެނގިފައެއް ނެތް: އެމްއެންޑީއެފް

މާލޭގައި މާދަމާ ރޭ ހަވާ އަރުވާކަން އެނިފައި ނެތް ކަމަށް އެމްއެންޑީއެފުން ބުނޭ ---

ދިވެހިންގެ އުފާވެރި މިނިވަން ދުވަސް، ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި މާދަމާ ރޭ ހަވާ އަރުވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރި ނަމަވެސް، އެކަން އެނގިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފުލުހުންނާ ހަވާލާދީ، މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މާދަމާ ރޭ 9:00ޖަހާއިރު، މާލޭގައި ހަވާ އެރުން އޮންނާނެއެވެ

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހަވާ އަރުވާ ނަމަ މިވެނިތަނެއްގައި ހަވާ އެރުވުން އޮންނާ ކަމަށް ކުރިން އިޢުލާނު ކުރާނެ ކަމަށެވެ.

"ނޫސްތަކުގައި އެ ޚަބަރު ޖެހީ ކީއްވެ ކަމެއް ނޭނގެ. ހަވާ އަރުވާ ނަމަ އަޅުގަނޑުމެން ކުރިން އިއުލާނު ކުރަން. އެހެންވީމަ މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައެއް ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދު ކުޑަ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، މިނިވަން ދުވަހުގެ ފުޅަނދުބުރާއި އެދުވަހުގެ ޚާއްސަ ޖަލްސާ ނުބާއްވާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް، މާދަމާ ހެނދުނު 6:00ގައި ބާއްވައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި މި ދުވަހާ ގުޅިގެން މާދަމާ ހަވީރު 4:00ގައި ބާއްވައި ސިފައިންގެ ޚާއްސަ މިލިޓަރީ ޕެރޭޑް، މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮވިޑު ކޭސްތައް ރާއްޖޭގައި ގިނަވާން ފެށުމުން މިދިޔަ ޢީދު ކުޅިވަރުގެ ތެރެއިން ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުން ދިޔަ ހަވާ އެރުވުން ނުބާއްވައި ގޮތަށް ނިންމިއެވެ.

comment ކޮމެންޓް