ޅަ އުމުރުގައި ސިއްހަތަށް ފައިދާހުރި ކެއުންތަކަށް ކުދިން ހާނުވަންޖެހޭ

ޅަ އުމުރުގައި ސިއްހަތަށް ފައިދާހުރި ކެއުންތަކަށް ކުދިން ހޭނުވުމަކީ މުހިންމުކަމެއް--- ފޮޓޯ / ޝަޓާސްޓޮކް

ކުޑަކުދިން ކެއުމުގައި ބޭނުންކުރާ ކާނާއަކީ އެކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށްޓަކައި ބޮޑު ރޯލެއް އަދާކުރާ އެއްޗެއްކެވެ. އެގޮތުން ހަށިގަނޑަށް މުހިންމު މާއްދާތައް އެކުލެވޭ، ސިއްޙަތަށް ފައިދާހުރި ކަނާ ކުޑައިރުން ފެށިގެން ކެއުމަށް އެކުދިން ހޭނުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމުގެ އިތުރުން ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ހެދިބޮޑުވުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ކުޑަކުދިން ނަމޫނާއެއްގެ ގޮތުގައި ބަލަނީ އެކުދިންގެ ކައިރީގައި އުޅޭމީހުންނެވެ. އަދި އެމީހުން އުޅޭގޮތް އެކުދިން ކޮޕީ ކުރެއެވެ. އެހެންކަމުން ތިބާގެ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓަން ބޭނުންވާނަމަ، ތިބާގެ ކެއުމުގައި ވެސް ސިއްހަތަށް ފައިދާހުރި މޭވާއާއި ތަރުކާރީ ހިމެނުމަކީ މުހިންމުކަމެކެވެ. އަދި ސިއްހަތަށް ގެއްލުން ލިބޭ ލުއި ކާނާގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި މޭވާއާއި ތަރުކާރީ ގޭގައި ގެންގުޅޭ މިންވަރު އިތުރުކުރަން ޖެހެއެވެ.

ޅަ އުމުރުގައި ސިއްހަތަށް ފައިދާހުރި ކެއުންތަކަކަށް ހޭނުވުމަކީ ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް ސިއްހަތަށް ފައިދާހުރި ކެއުންތަކަށް ލޯބިކުރާނެކަމެކެވެ. އަދި އެންމެ ކުޑައިރުން ފެށިގެން ކުއްޖާއަށް މޭވާއާއި ތަރުކާރީން ލިބޭ ފައިދާތަށް ކިޔައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން ކުއްޖާއަށް ފައިދާ ލިބޭ ކާނާގެ މުހިންމުކަން ދެނެގަނެވި، އެ ތަކެތި ނުކާން ބޮޑާހާކާ މިންވަރު މަދުވެގެންދާނެއެވެ.

ކުޑަކުދިން ކަންކަން އަވަހަށް ދަސްކުރަނީ އެކުދިން އަމިއްލައަށް އެ މަސައްކަތްކުރަން ދިނުމުންނެވެ. އެހެންކަމުން ގޭތެރޭގައި ކައްކާއިރު ތިބާއަށް އެހީތެރިވެދިނުމަށް އެކުދިންނަށް ފުރުސަތުދޭށެވެ. މިސާލަކަށް ގޭގައި ސެލެޑް ހަދާނަމަ ތަށީގައިވާ ސެލެޑްތަށް އެއްކުރުމަށް އެކުދިންނާއި ހަވާލުކުރާށެވެ. މިކަމުގެ ސަަބަބުން ތަފާތު ވައްތަރުގެ ސެލެޑްތަކާ މެދު އެކުދިން ޝައުގުވެރިވުމުގެ އިތުރުން އަމިއްލައަށް ސެލެޑް ހަދަން ދަސްވާނެއެވެ.

comment ކޮމެންޓް