ކ. މާފުށީގައި ބޭއްވުމަށް ހަަމަޖެހިފައިވާ އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް 2022 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.
އެ މުބާރާތް އިފްތިތަހުކޮށްދެއްވުމަށް ރައީސް މާފުއްޓަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ބޮޑީ ބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕަށް ރައީސްގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދާއި އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާ ވެސް ހުންނެވީ މާފުށީގައެވެ.
މުބާރާތް މިރޭ ރަސްމީކޮށް އިފްތިތާހުކުރި ނަމަވެސް މުބާރާތުގެ އިވެންޓުތައް ފަށާނީ މާދަމާ ހަވީރެވެ. މި މުބާރާތުގައި 24 ގައުމަކުން 400އަށް ވުރެ ގިނަ އެތުލީޓުން މި މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތިދުވަހާ ހަމައަށެވެ.
މިއީ އޭޝިއާ ބޮޑީ ބިލްޑިން ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.