ރައީސްގެ ދެކަނބަލުން މިނާގައި ތިބި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި

މިނާގައި ތިބި ދިވެހި ހައްޖުވެރިންނާ ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަހަރު، ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާ މިނާގައި ބައްދަލު ކުރައްވައިފިއެވެ.

މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް މިއަދު ރައީސް ކުރެއްވި ޒިޔާރަތުގައި ދިވެހި ހައްޖުވެރިންގެ ހާލު އޮޅުންފިލުއްވިއެވެ. ރައީސް ދިވެހިން ހައްޖުވެރިންގެ ގާތަށް ކުރި އެ ޒިޔާރަތުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރު ރާއްޖެއިން 453 މީހަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަނީ ގޮސްފައެވެ.

ރައީސްގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މީގެ އިތުރުން މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސް ކަނޑައެޅުއްވި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ހައްޖަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

comment ކޮމެންޓް