މާލޭ ސިޓީ ކައުންސިލުން ނައިޓް މާކެޓެއް ބާއްވަނީ

އައު އަހަރުގެ ބަންދާދިމާކޮށް ބޭއްވި "ސިޓީ ނައިޓް މާކެޓް"ގެ ތެރެއިން - ސަން ފޮޓޯ/މުހައްމަދު ހައްޔާން

މާލޭ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ނައިޓް މާކެޓެއް ބާއްވަން ނިންމައި، އެ މާކެޓުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ވަނީ އެ ނައިޓް މާކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވާ މީހުން މި މަހުގެ 20ވަނަ ދުވަހުގެ 14:00ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އެދިފައެވެ.

އެ ނައިޓް މާކެޓް ބޭއްވުމާ ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލްގެ އިއުލާނުގައިވެއެވެ.

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް ސިޓީ ކައުންސިލުން ނައިޓް މާކެޓެއް ބާއްވަން އިއުލާންކުރިއެވެ. ނަމަވެސް ރޯދަ މަހާ ގާތްވެފައި ވަނިކޮށް އެ ނައިޓް މާކެޓަށް ތައްޔާރުވާން ވަގުތުނެތް ކަމަށް ބުނެ، ފަހުން އެ ނައިޓް މާކެޓް ނުބާއްވާން ކައުންސިލުން ނިންމިއެވެ.

comment ކޮމެންޓް