Dhiraagu
Ooredoo

މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ ބަލަން މަޖިލީހަށް ހުށަހަޅައިފި

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު---- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާލި 3,000 ގޯތި ހިލޭ ދިނުމަކީ ދައުލަތަށް އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތްތޯ ބަލަން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ADK GENERAl

އިއްޔެ ސިރާޖު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ ބޯހިޔާވެހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށާއި ކޮންމެ ސަރުކާރެއްގައިވެސް ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއަކީ ހިޔާ ފްލެޓުގެ މަޝްރޫއުކަމަށް ވާއިރު އެ މަޝްރޫއުގެ ދަށުން ހަތް ކެޓެގަރީއަކަށް ފޯމުތައް ބަހައި، ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ 6،720 އާއިލާއަކަށް ފުލެޓުދީފައިވާ ކަމަށް ސިރާޖުގެ ސިޓީގައިވެއެވެ.

ނަމަވެސް އެ ފުލެޓުތަކަކީ ވެސް މަހުން މަހަށް ފައިސާ ދައްކާ ޚަލާސްކުރަން ޖެހޭ ގޮތަށް ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަަކަށް ދޫކޮށްފައިވާ ފުލެޓުތަކެއް ކަމަށް އޭނާގެ ސިޓީގައި ބުނެފައިވެއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗް8 ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި އެޗް9 ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް." އެ ސިޓީގައިވެއެވެ.

މި ފަހުން މާލޭ މީހުންނަށް ހާއްސަކޮށް އެޗްޑީސީ އިން 60 ބިމެއް ވިއްކަން ހުޅުވާލިއިރު އަކަފޫޓެއް ހުރީ 7،000ރ. އިން މަތީގައި ކަމަށާއި ނަމަވެސް އެ ގޯތިތަކަށް ވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތްކަމަށް އޭނާގެ ސިޓީގައި ބުނެފައެވެ.

ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއްގެ ގޮތުގައި ދެކޭ ކަމަށް ސިރާޖުގެ ސިޓީގައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5،000 އާއިލާ އަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ގަބޫލުނުކުރެވޭތީއާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން ސިރާޖު ވަނީ އޭނާ މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައެވެ.

މިދިޔަ ހަފްތާގައި ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލައިފައެވެ.

އެގޮތުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި، އެކަމަށް ހާއްސަ ކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"އަށް ހަފުތާއެއްގެ ތެރޭގައި 3،000 އަށް ވުރެން ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ޕޯޓަލް އިފްތިތާހްކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހޭއިރު، ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ.

އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

މާލޭ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެގޮތުން ވަކި ރަށެއްގެ ބަޔަކަށް އެގޮތަށް ހިލޭ މާލޭން ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ބުނެއެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ ބިމާއި ފްލެޓަށް އެދި ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވަނީ ސެޕްޓެމްބަރު 26އަށެވެ.

Redstar
comment ކޮމެންޓް

comment ވިންދު

3 year 9 month ago

ބޯހިޔާވަހިކަމުގެ މަޝްރޫޢު އެއްވެސް ސަރުކާރަކުން ކުރިއަށް ގެންދިޔައިކީ އިންސާފުވެރިކޮނެއްނޫން. ހިޔާފްލެޓްތަކުގައި ދެކޮޓަރިއަށް މަހަކު 8500ރ ދައްކަންޖެހޭއިރު ތިންކޮޓަރީގެ ބޯހިޔާވެހިކަމުގެ ދަށުން ދޫކޮށްފައިހުރި ފްލެޓްތަކަށް ދައްކަންޖެހެނީ މިއަށްވުރެ ކުޑައަގެއް. 3000 ގޯތި މާލޭ ރައްޔިތުންނަށް ދޫކުރާވާހަކަ އެއީ މިިނިސްޓަރު އަސްލަމް ރައްޔިތުންނަށް ދައްކައިގެންއުޅޭ ދަޅައެއް. އެކަމެއް ނުކުރާނެ.

comment އަލީ

3 year 9 month ago

މި ކޮންމެ މެމްބަރެއް ގެ މަސަލަ އަސްލު ރަޔަތުންގެ ނިންމުމުން (ވޮޓް) ނިޔާކުރެވޭނެ ވާހަކަ ދަންނަވާލަން!!!

comment މާލެ އެއްކޮއް ކައި ހުސްކޮއްފި

3 year 10 month ago

ދެންދޭންވީ ރައްޖެތެރެ ބޮލުރޮދިންނައްތަ؟ ޜަށުގެ ގެސްޓްހައުސް ހަދާފަ މާލެއިން ބިމާ ފުލެޓު ފޭރިގެން އުޅެން މެންބަރަކަސް ވާނީ ރައްޖެތެރެ ވީމަ އެރަށުމީހަކައް ފެލެން ހަދާނެކަމެއްނެތް މާލެ ފޭރޭން ނޫޅޭ ނާސިރުގެ ކުޑަސިޓީ މިހާރުން މިހާރައް އިމްޕްލިމެންޓް ކުރަންވީ. މާލޭ މީހުނައް ނުލިބެންޔާ ރައްޖެތެރެ މީހުނައް ވުރެ ރަނގަޅު ފަލަސްދީން މީހުނައް ދޭންވެސް

comment ޢަބްދުމް މުއުމިނު

3 year 10 month ago

މިއީ ދައުލަތުގެ މިލްކިއްޔާތު ބޭއިންސާފުވެރި ގޮތެއްގައި (މާލޭ ރައްޔިތުންނަށް އަގުބޮޑު ބިން، ރާއްޖެތެރޭ މީހުންނަށް އަގުހެޔޮބިން) ދައުލަތުން ހިއްކައިގެން ބިން ދިނުން. ދައުލަތުން ބިން ހިއްކައިގެން އެއްވެސް ރައްޔިތަކަށް ބިންދޭނަމަ، އެމީހަކު ނިސްބަތްވާ ރަށަކަށް ބަލައިގެން ބިންދިނުމަކީ އިންސާފެއް ނޫން. ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހިއްކައިގެން ހިލޭ ބިންދޫކުރެވޭނެ ތަނަވަސްކަން ދައުލަތުގަ ހުރިނަމަ އެންމެ ރަނގަޅު. އެހެން ނޫންނަމަ ދެން ހަމަހަމަކަން ގާއިމުކުރެވޭނެ ގޮތަކީ ދަޢުލަތުން ހިއްކާ ބިންތައް (ކޮންމެ ރަށަކުންވިޔަސް) މާރކެޓް އުޞޫލުން ވިއްކުން. ހިލޭ ބިންދިނުމަކީ 21ވަނަ ޤަރުނުގައި ދުނިޔޭގެ ކޮން ޤައުމެއްގައިކުރާ ކަމެއްތޯ؟ އަޅުގަނޑު މިހެން މިދަންނަވަނީ އެއްވެސް ތަޢައްުސުބެއްނެތި. ދައުލަތުން ޙަރަދުކޮއްގެން ވިއްކާ ބިމެއް ވަބަޔަކަށް ލިބޭގޮތަކަށް ފަވެފައިއޮތުމަކީ ޤާނޫނު އަސާސީން ލިބިދޭ ހަމަހަމަ ކަމުގެ ހައްގު ނިގުޅައިގަނެފައިވާ ބޭއިންސާފު ބޮޑު އަނިޔާވެރިކަމެއް. ވިއްކާ އަގު ތަފާތުވުމަކީ މިދެންނެވި ހަމަހަމަ ކަމުގެ މަފްހޫމާ ޙިލާފުވާ ކަމެއްނޫން. މިދެންނެވި ހަމަހަމަ ކަމުގެ މަފްހޫމަކީ ދައުލަތުން

comment Abdul Mumin Adam

3 year 10 month ago

މިއީ ދައުލަތުގެ މިލްކިއްޔާތު ބޭއިންސާފުވެރި ގޮތެއްގައި (މާލޭ ރައްޔިތުންނަށް އަގުބޮޑު ބިން، ރާއްޖެތެރޭ މީހުންނަށް އަގުހެޔޮބިން) ދައުލަތުން ހިއްކައިގެން ބިން ދިނުން. ދައުލަތުން ބިން ހިއްކައިގެން އެއްވެސް ރައްޔިތަކަށް ބިންދޭނަމަ، އެމީހަކު ނިސްބަތްވާ ރަށަކަށް ބަލައިގެން ބިންދިނުމަކީ އިންސާފެއް ނޫން. ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހިއްކައިގެން ހިލޭ ބިންދޫކުރެވޭނެ ތަނަވަސްކަން ދައުލަތުގަ ހުރިނަމަ އެންމެ ރަނގަޅު. އެހެން ނޫންނަމަ ދެން ހަމަހަމަކަން ގާއިމުކުރެވޭނެ ގޮތަކީ ދަޢުލަތުން ހިއްކާ ބިންތައް (ކޮންމެ ރަށަކުންވިޔަސް) މާރކެޓް އުޞޫލުން ވިއްކުން. ހިލޭ ބިންދިނުމަކީ 21ވަނަ ޤަރުނުގައި ދުނިޔޭގެ ކޮން ޤައުމެއްގައިކުރާ ކަމެއްތޯ؟ އަޅުގަނޑު މިހެން މިދަންނަވަނީ އެއްވެސް ތަޢައްުސުބެއްނެތި. ދައުލަތުން ޙަރަދުކޮއްގެން ވިއްކާ ބިމެއް ވަބަޔަކަށް ލިބޭގޮތަކަށް ފަވެފައިއޮތުމަކީ ޤާނޫނު އަސާސީން ލިބިދޭ ހަމަހަމަ ކަމުގެ ހައްގު ނިގުޅައިގަނެފައިވާ ބޭއިންސާފު ބޮޑު އަނިޔާވެރިކަމެއް. ވިއްކާ އަގު ތަފާތުވުމަކީ މިދެންނެވި ހަމަހަމަ ކަމުގެ މަފްހޫމާ ޙިލާފުވާ ކަމެއްނޫން. މިދެންނެވި ހަމަހަމަ ކަމުގެ މަފްހޫމަކީ ދައުލަތުން

comment ޢަޒޫ

3 year 10 month ago

ރާއްޖެތެރޭ މީހުންނަށް ވެސް ގޯތި ދެނީ ހިލޭ..އަދި މާ ބޮޑު ދޭ ގޯތިވެސް..މާލޭ މީހުނަށް މިހާރު މާލެ އަކުން ގޯއްޗެއް ނުދޭ..ސިިރާޖު އިންސާފަށް ލޯބިކުރައްވަންޔާ ރާއްޖެ ތެރޭ މީހުނަށް ހިލޭ ގޯތި ދޭ މައްސަވެސް ހުށަ އަޅުއްވާ.

comment އަބްދު

3 year 10 month ago

މާލެ މީހުން މަރާލަބަލަ.. އޭރުން ނިކަމެތި މާލެ މީހުންނަށް ގޮތެއް ހޯދަ ދޭކަށް ނުޖެހޭނެ!! އެހެޏާ މާލެ މީހެކޭ ބުނާ އިރަށް އެންމެނަށް ސިފަވަނީ ބޮޑުގެޔަކާ ކާރަކާ އަހަރު ދެކޮޅު ސިންގަޕޯގަ އުޅޭ މީހާ... 10ފޫޓު ކޮޓަރި ގަންޑުގައި 3 ދަރިންނާ އެކު އާއިލާގެ 4 ޖެނަރޭޝަން އެގެއެއްގައި އުޅޭ ނިކަމެތި ފަގީރު އާދައުގެ މާލެ މީހުން މަތިން ހަނދާނެއް ނުހުރޭ!!! ވަރަށް ދެރަ