ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ފަރުވާ ދެނީ

ބަހަކާއި ކާރެއް ޖެހި މިއަދު ހިނގި އެކްސިޑެންޓުގައި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ---

މާލޭގެ އެކުވެނި ޓްރެކް ސަރަހައްދުން ބޭރު މަގުގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި ޕްރައިވެޓް ކާރެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާ ވެގެން ހޮސްޕިޓަލުގައި ފަރުދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 18:09ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނުރައްކާތެރި މި އެކްސިޑެންޓް ހިންގަން މެދުވި ސަބަބު އަދި ނޭނގެއެވެ.

އެކްސިޑެންޓުގައި އެމްޓީސީސީގެ ބަހުގެ ކުރީކޮޅު ވަރަށް ބޮޑަށް ބަނޑިވެ، ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވާއިރު ކާރު ވަނީ ފުނޑުފުނޑުވެފައެވެ.

comment ކޮމެންޓް