އިސްލާމިކް މިނިސްޓަރު ޙައްޖަށް ފުރާވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީގެ ދެކަނބަލުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖަށް ފުރާވަޑައިގެންފިއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ޑރ. ޒާހިރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސަވާފައެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނަވައެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާއިރު ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރީ ރޭގައެވެ.

ރާއްޖެއިން ޙައްޖަށް ފުރި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ.

ހައްޖުގެ މާތް އަޅުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް މާދަމާ ފުރާވަޑައިގަތުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް