ބަރަހަނާ ވީޑިއޯ ލީކުކުރުމަކީ ފުލުހުން އިސްވެ ހިންގާ ކަމެއްކަމަށް ބަލަންވީ އެއްވެސް ސަބަބެއް ނެތް: ރިޔާޒު

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީޕީ ރިޔާޒު --- ސަން ފޮޓޯ/ ނާއިލް ހުސައިން

މިދިޔަ ހަފްތާއިން ފެށިގެން ހައި ޕްރޮފައިލް ބައެއް މީހުން ކަމަށް ޝައްކު ކުރެވޭ ބައެއް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރާއި ގްރޫޕް ހަދައިގެން ޖިންސީ އަމަލު ހިންގާ ކަމަށް ބެލެވޭ ފޮޓޯއާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކް ކުރުމަކީ ފުލުހުން އިސްވެ, ފުލުހުންގެ ތެރެއިން ހިންގާ ކަމެއްކަމަށް ބުނެވެންވީ ސަބަބެއް ނެތްކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ފުލުހުންގެ ތަހުގީގުން އެފަދަ މައުލޫމަތެއް އަދި ލިބިފައި ނުވާކަމަށެވެ. އަދި ފުލުހެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭނަމަ ކަމާގުޅޭ އިދާރާއަކަށް މައްސަލަ ހުށަހެޅުމަށް އޭނާ އެދިވަޑައިގަތެވެ.

"އޭރުން އެ މައްސަލަ ބަލައި ތުހުމަތުތައް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ. އެ ތުހުމަތުތައް ބެލޭނެ ނިޒާމުތައް ގާއިމު ކޮށްފައިވާނެ. އަދި އެކަންކަން ބަލަން ފުލުހުން ފުރުސަތު ދޭނެ،" ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ މައްސަލައިގައި ޝާމިލުވާ މީހަކާ އާއިލީގޮތުން ގުޅުމެއް އޮންނަ މީހަކު ފުލުހުންގެ ވަޒީފާއެއްގައި ހުރުމަކީ, އެކަމަކީ ފުލުހުން ހިންގާ ކަމެއްގެ ގޮތުގައި މާނަކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.

މިދިޔަ ހަފްތާއިން ފެށިގެން ހައި ޕްރޮފައިލް ބައެއް މީހުން ކަމަށް ޝައްކު ކުރެވޭ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރާއި ގްރޫޕް ހަދައިގެން ޖިންސީ އަމަލު ހިންގާ ކަމަށް ބެލެވޭ ފޮޓޯއާއި ވީޑިއޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ލީކް ކުރަމުންނެވެ.

އޭސީޕީ ރިޔާޒް ވިދާޅުވީ އެފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް މިދިޔަ މާޗް މަހުގެ ފަހުކޮޅުގައި އައިސްފައިވާކަމަށެވެ.

އެ މައްސަލަތަކުގައި ހައި ޕްރޮފައިލް މީހުންނަށް ތުހުމަތު ކުރެވުނު ނަމަވެސް ތަހުގީގަށް ހުރަހެއް ނޭޅި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ހުކުރު ދުވަހު ވަނީ ބިދޭސީ ފިރިހެނަކާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު، ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ ދައުރުވާން ފަށާފައެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމް ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ފޮޓޯއެކެވެ.

comment ކޮމެންޓް