ދިރާގު ހައި ސްޕީޑް ފައިބާގެ ޚިދުމަތް ރިނބުދޫއަށް

ދިރާގު ހައި ސްޕީޑް ފައިބާގެ ޚިދުމަތް ދ. ރިނބުދޫއަށް އިފްތިތާހު ކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތް ދ. ރިނބުދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މިއަދު އެރަށުގައި އެ ޚިދުމަތްތައް އިފްތިތާހު ކޮށްފައިވަނީ ހާއްސަ އޮފާތަކަކާ އެކުގައެވެ.

އެ އޮފާތަކުގެ ތެރޭގައި ފައިބާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަަރާތްތަކަށް ހިލޭ ފައިބާ ގުޅައިދިނުން ހިމެނެއެވެ. އަދި ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު (އޯއެންޓީ) ވެސް ހިލޭ ލިބޭނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ކަމަށްވާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 89 ރަށެއް ހިމެނެއެވެ.

comment ކޮމެންޓް