ވީޑިއޯއިން ފެންނަނީ ގަބުރު މަތީ ބިނާކޮށްފައި ހުރުމުން ނަމާދުކުރުން ހުއްޓާލާފައި ހުރި މިސްކިތެއް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

މިސްކިތެއްގައި ބިދޭސީންތަކެއް ބައިތިއްބާފައި ތިބި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއިން ފެންނަނީ ނަމާދުކުރުން ހުއްޓާލާފައިވާ މިސްކިތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަދު މެންދުރު މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ޓްވީޓް ކުރެއްވި ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ އިމާރާތެއްތެެރޭ މަސައްކަތްތެރިން ތަކެއް ދިރިއުޅޭ ތަނެވެ. އަދި އެ ވީޑިއޯއިން އެ މަސައްކަތްތެރިންނަކީ އިންޑިއާގެ ޕްރޮޖެކްޓަކަށް އައިސް ތިބި ބަޔަކުކަން އަންގައިދޭ ބޯޑެއް ވެސް ފެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިސްކިތަކީ ފ. ދަރަނބޫދޫގައި 2017ވަނަ އަހަރާ ޖެހެންދެން ނަމާދުކުރި މިސްކިތެކެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެ މިސްކިތުގައި ނަމާދުކުރުން ހުއްޓާލީ އެއީ ކުރީގައި ގަބުރުސްތާނެއް ހުރި ބިމެއްގައި އިމާރާތްކޮށްފައި ހުރި މިސްކިތެއް ކަމުގައިވާތީއެވެ.

ދަރަނބޫދޫގެ އައު މިސްކިތް --- ފޮޓޯ/ ފ. އަތޮޅު ކައުންސިލް

"މީހުން އަބަދުވެސް ކިޔާ އެއީ ކުރީގައި ގަބުރުސްތާނެއް ހުރި ތަނެކޭ. އާ މިސްކިތެއް އަޅަން ޖެހެޔޭ," އޭނާ ބުންޏެވެ.

އޭނާ ބުނީ 2017ވަނަ އަހަރު އެ ރަށުގައި އަލަށް ހުޅުވި މިސްކިތާއެކު، ބާ މިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މި ވަގުތު އެ ތަނުގައި ބައިތިއްބާފައި ތިބީ އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ އިމާރާތް 2017 ވަނަ އަހަރުން ފެށިގެން ހުރީ ކައުންސިލާ ހަވާލުކޮށްފައި ކަމަށެވެ. އަދި އޭގެ ފަހުން އެ ތަނުގައި ޤުރުއާން ކުލާހެއް ހިންގި ކަން ވެސް މިނިސްޓްރީއަށް އެނގިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ދަރަނބޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން 13 ރަށެއްގައި ހިންގާ ފެނާ ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

comment ކޮމެންޓް

comment ލާދީނީ ސަރުކާރު

3 year 10 month ago

މިދޭތެރެއަކުން މާލޭގެ ހުކުރުމިސްކިތް އިންޑިޔާގެ އެހީގަ އާބާތުރަފިލުވާ ހަދާލަން ބަނދުކުރި، އެދުވަސް ކޮޅު އެތާނިދާ ބޮއެހެދީ ހުސްޕާޓޭން، އެކަމު ދުއްވާއެއްޗެއްގަ ދާމީހަކު ފޯނެއްއައިސްގެން އެފޯނައް ޖަވާބުދޭން މުލިޔާގެޔާވާގޮތް ހުއްޓެލިޔަސް މީހުން ނުކުމެ އެމީހަކު ކޮއްޕާ ފައްސާލަ..

comment މުއިއްޒޭ

3 year 10 month ago

މިހިރީ ކަންކަމުގެ ހަގީގަތް އިނގޭ އިރުވެސް ސިޔާސީ ބޭނުމަށް ކުރާ ޓްވީޓްގެ ހާލަތު