އެވިޑް ރޯދަ ކުއިޒަށް ޖަވާބު ފޮނުވި މީހުންގެ މެދުގައި ގުރު ނަގައި، ޢުމްރާ ދަތުރެއް ދީފި

"އެވިޑް ރަމަޟާން ކުއިޒް 1443" ކާމިޔާބު ކުރި ފަރާތަށް ލިޔުން ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖު

އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯއިން އިންތިޒާމްކޮށްގެން، "އެވިޑް ރަމަޟާން ކުއިޒް 1443"ގެ ނަމުގައި މިދިޔަ ރޯދަ މަހު ބޭއްވި ކުއިޒް މުބާރާތް ކާމިޔާބުކުރި ނަސީބުވެރިޔާއަށް ލިޔުން ހަވާލުކޮށްފިއެވެ.

އިއްޔެ މެންދުރުފަހު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ކުއިޒުގެ ހުރިހާ ސުވާލުތުތަކަކަށް ރަނގަޅު ޖަވާބު ފޮނުވި 19 މީހުންގެ މެދުގައި ގުރުއަތުލުން ބޭއްވިއެވެ. އެމީހުންގެ ތެރެއިން ގުރުއަތުން ހޮވި ޢުމްރާ ދަތުރު ކާމިޔާބު ކުރީ ޅ. ހިންނަވަރު، ދައުހަދާގޭ ޢައިޝަތު އަމާނީއެވެ.

"އެވިޑް ރަމަޟާން ކުއިޒް 1443" ކާމިޔާބު ކުރި ފަރާތަށް ލިޔުން ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖު

އެވިޑް ކޮލެޖުގެ ފަރާތުން އޭނާއަށް ލިޔުން ހަވާލުކޮށްދެއްވީ އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

"އެވިޑް ރަމަޟާން ކުއިޒް 1443" ކުރިއަށް ގެންގޮސްފައި ވަނީ އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ދީނީ ސުވާލެއް ހުށަހެޅުމުން، އެސުވާލުގެ ރަނގަޅު ޖަވާބު ދިމާކޮށް އެ ކޮލެޖަށް މެންދަމު ބާރަ ޖެހުމުގެ ކުރިން ޖަވާބު ފޮނުވާގޮތަށެވެ.

comment ކޮމެންޓް