ރޫޑް ބަލިކޮށް 14 ވަނަ ފަހަރަށް ނަޑާލް ފްރެންޗް އޯޕެން ކާމިޔާބުކޮށްފި

ފްރެންޗް އޯޕަން ތަށްޓާ އެކު ނަޑާލް އުފާފާޅުކުރަނީ----

ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް 14 ވަނަ ފަހަރަށް ފްރެންޗު އޯޕެންގެ ފިރިހެން ސިންގަލްސް، ސްޕެއިންގެ ރެފެއެލް ނަޑާލް ކާމިޔާބުކޮށްފިއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފެށި ފްރެންޗް އޯޕެން 36 އަހަރުގެ ނަޑާލް ކާމިޔާބުކުރީ 6-3 6-3 6-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއިން ފައިނަލުގައި މޮޅުވެ ނަޑާލް ވަނީ އޭނާގެ ޓެނިސް ކެރިއަރުގައި 22 މުބާރާތް ކާމިޔާބުކޮށްފައެެވެ.

މިދިޔަ އަހަރުގެ ފްރެންޗް އޯޕެންގައި ނަޑާލްއަށް ދެވިފައިވަނީ ސެމީ ފައިނަލާ ހަމައަށެވެ. ސެމީފައިނަލުން އޭނާ ކެޓީ ސާބިއާގެ ނޮވަކް ޑްޖޮކޮވިޗް އަތުންނެވެ.

އޭނާ ވަނީ ފައިނަލަށް ދިޔަ ކޮންމެ އަހަރެއްގެ މުބާރާތް ކާމިޔާބު ކޮށްފައެވެ. މިދިޔަ 18 އަހަރުގެ ތެރޭގައި ނަޑާލް އަތުން އެ މުބާރާތުގެ ތަށި ގެއްލުނީ ހަތަރު ފަހަރުއެވެ.

ނަޑާލް ކުޅުމުގެ ތެރެއިން---

ނަޑާލް ވަނީ މިދިޔަ ޖެނުއަރީ މަހު ކުޅުނު އޮސްޓްރްލިއަން އޯޕެން ވެސް ކާމިޔާބުކޮށްފައެވެ. އެ މުބާރާތް އޭނާ ކާމިޔާބުކުރީ ރަޝިއާގެ ޑަނިލް މެޑްވެޑޭވް 2–6, 6–7, 6–4, 6–4, 7–5 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފްރެންޗު އޯޕެންގެ އަންހެން ސިންގަލްސް ކާމިޔާބުކުރީ ޕޮލެންޑުގެ އީގާ ސްވިޓެކްއެވެ. ފައިނަލް މެޗުގައި އެމެރިކާގެ ކޮކޯ ގައުފް އާ ވާދަކޮށްށެވެ.

comment ކޮމެންޓް