ނިޔާމަ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މަރުވެއްޖެ

ދ. ނިޔާމަ ރިސޯޓް ---

ދ. ނިޔާމަ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު އަވަސް ފަރުވާ ދެނިކޮށް މިއަދު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު މަރުވެފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވީ ދ. އަތޮޅު ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެނިކޮށްކަމަށާއި މަރުވީ މިއަދު އިރުއޮއްސި 6:27 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.

comment ކޮމެންޓް