ގެއަކަށް ގަދަކަމުން ވަދެ، އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާ ދޫކޮށްލައިފި

ގ. ޗެރީ ހައުސް، އަލީ ހަސަން --

ގއ. ވިލިނގިލީގައި ބިރު ދައްކައިގެން ގެއަކަށް ވަދެ ހިންގި ބޮޑު މާރާމާރީއެއްގެ ތެރެއިން އަންހެނެއްގެ އަތުގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރީ ގ. ޗެރީ ހައުސް، ޢަލީ ޙަސަން، 35،އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޢަލީ ޙަސަންގެ ބަންދާމެދު ގޮތެއް ނިންމާން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ މޭ މަހުގެ ތިންވަނަ ދުވަހުގެ ރޭ ފަތިސްވާން ކައިރިވެފައިވަނިކޮށް، އެ ރަށުގެ ގެއަކަށްވަދެ، މާރާމާރީ ހިންގި މަައްސަލައިގައެވެ. އެގޭ ތެރެއަށް ގަދަކަމުން ވަދެގަންނާން އެ މީހާ މަސައްކަތް ކުރުމުގެ ތެރޭގައި ހިންގި މާރާމާރީގައި އެ އާއިލާގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އެރަށުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ މާރާމާރީގައި އެ އަންހެންމީހާގެ އަންހެން ކޮއްކޮގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ކަމަށެވެ. އަދި އެ އަންހެންމީހާގެ މަންމަގެ ދެ އިނގިލި ވެސް ބިންދާލާފައިވާއިރު އިތުރު އަންހެއްގެ އަތުގައި ދަތްއަޅާފައިވާ ކަމަށާއި މީގެ އިތުރުން އެ ގޭގައި އުޅޭ ކައުންސިލަރެއްގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހުމުން އެމީހާ ވެއްޓުމުން ވެސް ތަޅައި އަނިޔާ ކުރަމުން ގެންދިޔަ ކަމަށް އެެމީހާ ބުންޏެވެ.

comment ކޮމެންޓް