އައްޑޫ ސިޓީ މާރާމާރީގައި ޒަޚަމްވި މީހާ މަރުވެއްޖެ

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން "ސަން''އަށް މައުލޫމާތު ދިނީ އެމީހާއަށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، މީގެ ކުޑަ އިރުކޮޅެއް ކުރިން މަަރުވެފައިވާ ކަމަށެވެ.

އެ މާރާމާރީ ހިންގި ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު ތިނެއްޖަހާކަން ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި އެ ހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ފިރިހެން މީހާގެ ގައިގެ އެތައް ތަނަކަށް ވަނީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފައެވެ. އެގޮތުން، އަތުގެ މުލައްދަނޑިއަށާއި ބުރަކަށްޓަށް ވަޅި ހަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް