ސޮނީ ސްޕޯޓްސްއިން މާލޭގައި '"ޕޫމާ"ގެ ފިހާރައެއް ހުޅުވައިފި

މާލޭ މަޖީދީމަގުގައި އިއްޔެ ހުޅުވި ޕޫމާގެ ފިހާރަ ---

ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ބްރޭންޑް، "ޕޫމާ"ގެ ފިހާރައެއް ސޮނީ ސްޕޯޓްސްއިން މާލޭގައި ހުޅުވައިފިއެވެ.

މަޖީދީ މަގުގައި އިއްޔެ ހުޅުވި އެ ފިހާރައަކީ ރާއްޖޭގައި ތިބި ކުޅިވަރަށް ލޯބިކުރާ މީހުންގެ އިތުރުން، ފަތުރުވެރިންނަށް އަމާޒުކޮށްގެން ހުޅުވި ފިހާރައެކެވެ. އެގޮތުން، އެ ފިހާރަ ހުޅުވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅުވައިގެންނެވެ.

ޕޫމާގެ ފިހާރަ ހުޅުވުމަށް އިއްޔެ ބޭއްވި ހަފްލާގައި މި ސަރަހައްދުގައި ތިބި އެ ކުންފުނީގެ އެންމެ ބޮޑެތި ކަސްޓަމަރުން ވަނީ ބައިވެރިވެފައެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ އެ ފިހާރަ ފަރުމާކޮށްފައި ވާނީ ކުޅިވަރާއި ސްޓައިލްއަށް ލޯބިކުރާ ފަރާތްތަކަށް ހުރިހާ އެއްޗެއް އެއް ތަނަކުން ފަސޭހައިން ހޯދޭނެ ގޮތަށް ކަމަށެވެ. އަދި، އެ ފިހާރައިން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ކުޅިވަރާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ބޫޓާއި ހެދުމާއި އެކްސެސަރީޒްގެ ބޮޑު ކަލެކްޝަނެއް ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މާލޭ މަޖީދީމަގުގައި އިއްޔެ ހުޅުވި ޕޫމާގެ ފިހާރަ ---

ޕޫމާ އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ބަޖާޖު ވިދާޅުވީ ރާއްޖޭގައި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ އެހެން އެއްވެސް ބަޔަކަށް ވާދަނުކުރެވޭ ވަރުގެ އެޕެރަލް، ފުޓްވެއާ އަދި އެކްސެސަރީޒް އުފެއްދުންތައް މެދުވެރިކޮށް، ކުޅިވަރާއި ފިޓްނަސް ސަގާފަތް ކުރިއެރުވުމަށް ބާރުއެޅުން،" އޭނާ ވިދާޅުވިއެވެ.

ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ކަލީމް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ ވަރުގަދަ ބްރޭންޑްތަކުގެ އުފެއްދުންތައް ހުއްޓުމެއް ނެތި އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މާލޭ މަޖީދީމަގުގައި އިއްޔެ ހުޅުވި ޕޫމާގެ ފިހާރަ ---

"ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ޕޫމާ ރާއްޖެއަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ކަލީމް ވިދާޅުވިއެވެ.

މި އެއްބަސްވުމާއެކު ޖުމްލަ 19 ގައުމެއް ހިމެނޭ ޕޫމާ އިންޑިއާ ސިންޑިކޭޓަށް ރާއްޖެ ވެސް ވަނީ އިތުރުވެފައެވެ. އެ ސިންޑިކޭޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނީޝިއާ، ވިއެޓްނާމް، ތައިލެންޑް، އަދި ފިލިޕީންސް ހިމެނެއެވެ.

comment ކޮމެންޓް