ޖޫނިއާ ޓެނިސް ކުޅުންތެރީން ހޯދާފައިވާ ފަޚުރުވެރި ވަނަ ތަކަށް ރައީސްގެ މަރުޙަބާ

ރައީސުލްޖުމްހޫރިއްޔާ، ޓެނިސް އެސޯސިއޭޝަންގެ މެންބަރުންނާއި ބައެއް ކުޅުންތެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޖޫނިއާ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުން އަންނަ މޮޅު ކުޅުން ފާހަގަކުރައްވައި އެ މުބާރާތްތަކުގައި ކުޅުންތެރީން ހޯދާފައިވާ ފަޚުރުވެރި ވަނަތަކަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، އެ ކުޅުންތެރީންނަށް މަރުޙަބާ ދައްނަވައިފިއެވެ.

ޖޫނިއާ ޓެނިސް ކުޅުންތެރީންނަށް ރައީސް މަރުޙަބާ ދެއްނެވީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއާ ޓެނިސް ކުޅުންތެރިންނާ ބައްދަލު ކުރެއްވުމަށް ޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެނިސް އެސޯސިއޭޝަންގެ މެންބަރުންނާއި ބައެއް ކުޅުންތެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ރާއްޖެއަށް ރީތި ނަން ހޯދައިދީ މިފަދަ މަތީ ވަނަތަކަށް ވާސިލްވުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި، އެކަމަށް ޓަކައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ އިތުރަށް ކުރިއަށް ދިއުމަށް އެ ކުދީންނަށް ހިތްވަރުދެއްވާފައެވެ.

ރާއްޖޭގެ ޖޫނިއާ ބައެއް ޓެނިސް ކުޅުންތެރީން-- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމަށް ޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރައްވަމުން އަންނަ މަސައްކަތުގެ މައުލޫމާތު ރައީސް، އާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ޓެނިސް ކުރިއެރުވުމަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވައި އެކަންކަމުގެ މައުލޫމާތު އެ އެސޯސިއޭޝަނުން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

ރާއްޖޭގެ ޖޫނިއާ ބައެއް ޓެނިސް ކުޅުންތެރީން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް