ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަނު ކުރި މެންބަރުންނާ ރައީސް، ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސްކައުޓް ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާޙީމް މުޙައްމަދު ޞާލިޙް، ޤައުމީ ސްކައުޓް ކައުންސިލަށް އަލަށް އައްޔަނު ކުރެއްވި މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ އަލަށް އައްޔަނު ކުރެއްވި މެންބަރުނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ސްކައުޓް ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ރައީސް، ވަނީ ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ ސްކައުޓް ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި ސްކައުޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކާއި ދަތިތަކުގެ މައުލޫމާތު މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ތަފްސީލުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސްކައުޓް ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް، ވަނީ ސްކައުޓް ޖަމްބަރީގެ ތައްޔާރީތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ސްކައުޓް ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ސްކައުޓްގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސް، ވިދާޅުވިއެވެ.

comment ކޮމެންޓް