އެޑްވަޓޯރިއަލް: ފަތުރުވެރިކަމުގެ ދާއިރާއިން ދެމުން އަންނަ "ގްރީން ކީ" އެވޯޑް އަދި "ވެލް ހެލްތް ސޭފްޓީ ރޭޓިން" ވިލާ ކުންފުންޏަށް

ވިލާ ގްރޫޕުގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ދެމުން އަންނަ "ގްރީން ކީ" އެވޯޑް އަދި "ވެލް ހެލްތް ސޭފްޓީ ރޭޓިންގ" ސަރޓިފިކޭޝަން ވިލާ ކުންފުނީގެ ތިން ރިޒޯޓަކުން ޙާޞިލްކޮށް، މި ދެ ލަގަބު ދެމެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން އިންޓަރނޭޝަނަލީ ފާހަގަކޮށްލެވޭ މި އެވޯޑާއި އަދި ސަރޓިފިކޭޝަން ރާއްޖެއިން ފުރަތަމަ ހާސިލް ކުރި ރިޒޯޓުތަކަކީ ވިލާ ކުންފުނީގެ ރިޒޯޓުތަކެވެ.

މިގޮތުން މިއަހަރުގެ މާޗް މަހުގެ ތެރޭގައި، 1990 ވަނަ އަހަރުން ފެށިގެން ފައުންޑޭޝަން ފޮރ އެންވަޔަރަމަންޓަލް އެޑިއުކޭޝަންއިން، ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ދެމުން އަންނަ "ގްރީން ކީ" އެވޯޑު ސަން އައިލޭންޑް ރިޒޯޓް އެންޑް ސްޕާ އަދި ރޯޔަލް އައިލޭންޑް ރިޒޯޓް އެންޑް ސްޕާއިން ހޯދާފައިވެއެވެ.

"ގްރީން ކީ އެވޯޑަކީ ދެމެހެއްޓެނިވި ތިމާވެށީގެ އެންމެ ކުރިއަރާފައިވާ މިންގަނޑުތަކާއި، ފަތުރުވެރިންނާއި މުވައްޒަފުން ތިމާވެށްޓާ ރައްޓެހި އާދަތަކުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

މި އެވޯޑު ހާސިލުކުރާ ރިސޯޓުތަކަކީ ގާތުން މޮނިޓާކުރުމަށް ފަހު، ގިނަ ކްރައިޓީރިއާތަކެއް ފުރިހަމަކުރާ ރިސޯޓުތަކަށް އެކަންޏެވެ. މި ކުންފުނިން މި އެވޯޑު ހޯދުމަށް ކުރި މަސައްކަތުގެ ކްރައިޓީރިއާ ތެރޭގައި ހިމެނެނީ:

އެންވަޔަރަމެންޓަލް މެނޭޖްމަންޓް

ގްރީން ކީ އެވޯޑް ހޯދުމަށް ވިލާ ކުންފުނިން ތިމާވެށީގެ އެންމެ ކުރިއަރާފައިވާ މިންގަނޑުތަކާއި، ތިމާވެށްޓާ ރައްޓެހި މިންގަނޑުތަކަށް އަހުލުވެރި ފަތުރުވެރިކަމުގެ ޚިދުމަތްދިނުމުގެ އިތުރުން، ފަތުރުވެރިންނަށް ތިމާވެށްޓާ ރައްޓެހި އާދަތަކުގެ މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ކޮލިފައިވުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން މެނޭޖްމަންޓް ލެވެލްގައި ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ތަނުގެ މުވައްޒަފުންގެ ތެރެއިން އެންވަޔަރަމެންޓަލް މެނޭޖަރެއް އައްޔަނުކުރުން ހިމެނެއެވެ. މި މެނޭޖަރުންގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި ތިމާވެށީގެ ކަންކަމާބެހޭ ހުރިހާ މަސައްކަތެއް ވިލަރެސްކުރުމާއި، ގްރީން ކީގެ މަންދޫބުންނާ ބަރާބަރަށް މުއާމަލާތު ކުރުން ހިމެނެއެވެ.

ވިލާ ގްރޫޕުގެ ރިސޯޓެއްގައި ކުނި މެނޭޖް ކުރުމާ ބެހޭ މައުލޫމާތު ދެނީ

މީގެ އިތުރުން، ދެމެހެއްޓެނިވިކަމުގެ ސިޔާސަތެއް ގާއިމުކުރުމަކީ ވެސް ގްރީން ކީ އިން ލާޒިމު ކުރާ ކަމެކެވެ. މި ސިޔާސަތުގެ ދަށުން ތިމާވެށީގެ އަދި އިޖްތިމާއީ ދެމެހެއްޓެނިވި ކަމަށް އަމާޒުކޮށް އެކި ފިޔަވަޅުތައް އަޅަން ޖެހެއެވެ.

މި ސިޔާސަތުތަކުގެ ދަށުން ތަނުގެ ފެނާއި، ކަރަންޓު ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު ހިފެހެއްޓުމާއި، ތިމާވެށި ތަޣައްޔަރު ވާފަދަ ކަންކަމުން ދުރުހެލި ވުމުގެ އިތުރުން މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުން ފަދަ އިޖުތިމާއީ ކަންކަން ވެސް ހިމެނެއެވެ.

މީގެ އިތުރުން، ކަމާ ގުޅޭ އެކްޝަން ޕްލޭނެއް އެކުލަވާލުމާއި، އެފަދަ ހުރިހާ ލިޔެކިޔުމެއް ފަސޭހައިން ބެލޭނޭހެން ރައްކާކުރެވިފައި ހުރުމާއި، އާންމު މަސްލަހަތުވެރިންނާ ކުރުން ފަދަ ގިނަ ކަންތައްތަކެއް މެނޭޖްމަންޓަށް ލާޒިމުކުރާ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މުވައްޒަފުންގެ ބައިވެރިވުން

މި އެވޯޑުގެ ޝަރުތުތަކުގެ ތެރޭގައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ބައެއް ވެސް ހިމެނެއެވެ. މި ބައިގައި ބަޔާންވެފައިވާ އެންމެ ފުރަތަމަ ޝަރުތަކީ ތަނުގައި ހިންގޭ ތިމާވެށީގެ ހަރަކާތްތަކާ ބެހޭގޮތުން މުވައްޒަފުންނާ ބަރާބަރަށް މަޝްވަރާކޮށް ، ގަވައިދުން ބައްދަލުވުންތައް ބޭއްވުމެވެ.

ވިލާ ގްރޫޕުގެ ރިސޯޓެއްގެ މުވައްޒަފުން ސާފުކުރުމުގެ ހަރަކާތެއްގައި

މި ބައްދަލުވުންތަކުގައި އެންވަޔަރަމެންޓަލް މެނޭޖަރުގެ ބައިވެރިވުން މުހިއްމެވެ. ތިމާވެށީގެ ހަރަކާތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، އެ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް މި ބައްދަލުވުމުގައި ހުރިހާ މުވައްޒަފުންނާ ހިއްސާކުރެވިފައިވެއެވެ.

މީގެ އިތުރުން، ތިމާވެއްޓާއި، ދެމެހެއްޓެނިވިކަމާއި ބެހޭ ތަމްރީނެއް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުމާއި، ސްޓާފް އޭރިއާގައި އެކަމާ ގުޅޭ މައުލޫމާތު އާންމުކޮށް ފެންނާނެހެން ބެހެއްޓުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި ހައުސްކީޕިން ގައި މަސައްކަތްކުރާ މުވައްޒަފުން ބެޑް ޝީޓާއި ތުވާލިތަކާމެދު ކަންތައްކުރާނެ ހާއްސަ އުސޫލުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ގެސްޓުންނަށް ދެވޭ މައުލޫމާތު

މި ބައިގެ ތެރޭގައި ހިމެނެނީ ގްރީން ކީ އެވޯޑާއި، އެއާ ގުޅޭ ހަރަކާތްތަކުގެ މައުލޫމާތު ގެސްޓުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ރިޒޯޓުގައި އެކުލަވާލާފައިވާ ތިމާވެށީގެ ކޮމިޓީތަކުން ގުދުރަތީ ވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ފަތުރުވެރިންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރިޒޯޓުތަކުން އެހީތެރިވެދެއެވެ.

އެވޯޑާއި އެކު ލިބޭ ފިލާ އާންމުކޮށް ފެންނާނޭހެން ބެހެއްޓުމާއި، އެވޯޑާ ބެހޭ މައުލޫމާތު ކުންފުނީގެ ވެބްސައިޓުގައި ހިމެނުން ހިމެނެއެވެ. މީގެ އިތުރުން ގްރީން ކީގެ ދަށުން ހިންގޭ ހަރަކާތްތަކުގައި ގެސްޓުން ބައިވެރިކުރުމާއި، އެކަމަށް ހިއްވަރު ދިނުމުގެ ގިނަ އަދަދެއްގެ އެކްޓިވިޓީސް ހިންގުން ހިމެނެއެވެ.

ފެން، އަދި ދޮވެ ސާފުކުރުން

ތިމާވެށީގެ ގޮތުން ބަލާއިރު އެންމެ ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭ އެއް ވަސީލަތަކީ ފެނެވެ. އެހެންކަމުން، މި އެވޯޑު ހާސިލިކުރުމަށް ޓަކައި ވެސް ފެން ބޭނުން ކުރުމުގައި ހާއްސަ އުސޫލުތަކެއް އެކުލަވާލާ ބަލަހައްޓަން ޖެހެއެވެ.
އެގޮތުން، ފާހާނާ ތަކާއި ސްވިމިން ޕޫލްތައް ފަދަ ތަންތަން ގަވައިދުން ބަލައި، ޗެކުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުމާއި، ފެން މާގަނޑުތަކާއި އިސްކުރުތަކުން ފެން ބޭނުންކުރާ މިންވަރު ވަކި ވަރެއްގައި ހިފެހެއްޓުން އޭގެ ތެރޭގައި ހިމެނެއެވެ.

ވިލާ ގްރޫޕުގެ ރިސޯޓެއް

މުޅި ރިސޯޓުގައި ފެން ބޭނުން ކުރާ މިންވަރު މަދުވެގެން ކޮންމެ މަހަކު ރެކޯޑު ކުރަމުން ދިޔުމާއި، ބޭނުން ކުރެވޭ ފެން އެކަށީގެންވާ ގޮތެއްގެ މަތިން ޓްރީޓްކުރުން ވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ތަންތަން ދޮވެ ސާފުކުރުމުގައި އަމަލުކުރަން ޖެހޭ ވަކި ހާއްސަ އުސޫލުތަކެއް ވެސް ވަނީ އެކުލަވާލެވިފައެވެ. އެގޮތުން، ސާފުކުރުމުގައި ގެންގުޅޭ ކެމިކަލްތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމާއި، ބެޑް ޝީޓް ބަދަލުކުރުން ފަދަ މަސައްކަތްތަކުގައި ހާއްސަ އުސޫލެއް ގެންގުޅުން ހިމެނެއެވެ.

ކުނި މެނޭޖްކުރުން

ގްރީން ކީ އެވޯޑު ދިނުމުގައި އެންމެ ގާތުން ބަލާ އެއް ކަމަކީ ތަނުގައި ގާއިމުވެފައިވާ ކުނި މެނޭޖުކުރުމުގެ ނިޒާމެވެ. އެގޮތުން، ކުނީގެ ބާވާތްތައް މަދުވެގެން ތިން ބަޔަކަށް ބައި ކުރުމާއި، އެއިން ކޮންމެ ބައެއް އެކަށޭނަ އުސޫލުގެ މަތިން ރީޖަނަލް ނުވަތަ ތަނުގައި ގާއިމު ކުރެވިފައިވާ ފެސިލިޓީއެއް މެދުވެރިކޮށް މެނޭޖުކުރުމަކީ ކުރަންޖެހޭ ކަން ކަމެވެ.

މީގެ އިތުރުން، އެއް ފަހަރު ބޭނުންކޮށްފައި އުކާލަން ޖެހޭފަދަ އުލާއި ސަމުސާ ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމާއި، ކާބޯތަކެތީގެ ޚިދުމަތް ދޭއިރު އިސްރާފު ކުޑަކުރުމަށް ސަމާލުވުން ފަދަ ކަންކަން ވެސް މީގެ ދަށުން އާދެއެވެ.

ހަކަތަ ބޭނުންކުރުން

މި އެވޯޑު ހާސިލުކުރާ ރިސޯޓުތަކުގައި ހަކަތަ ބޭނުންކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރޭގައި، މަދުވެގެން މަހަކު އެއްފަހަރު ތަނުގައި ހަކަތަ ބޭނުންކުރެވުނު ޖުމްލަ މިންވަރު ރެކޯޑުކުރުމާއި އެއާ ކޮންޑިޝަނަރު ފަދަ އާލާތްތައް ބޭނުންކުރުމުގައި ހަކަތަ އިސްރާފު ނުވާނެ ފަދަ އުސޫލުތަކެއް ކަނޑައެޅުން ހިމެނެއެވެ.

އަދި ރިޒޯޓުތަކުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރެވެއެވެ. އަދި، މި ދެ ރިޒޯޓުންވެސް މަސައްކަތް ކުރަނީ ކޮންމެ އަހަރަކު ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ކާބަން ނިއުޓްރަލް ކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެންނެވެ.

މީގެއިތުރުން، ބޮކި އަދި ކޮޓަރިތަކުގައި ބޭނުންކުރެވޭ އެހެނިހެން ވަސީލަތްތަކަކީ ވެސް ހަކަތަ ރައްކާތެރިކުރެވޭ ވަސީލަތްތަކެއް ކަމުގައި ވާން ޖެހެއެވެ.

އެހެނިހެން ޝަރުތުތައް

މި އެވޯޑު ހާސިލުކުރާ ރިސޯޓުތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި އޯގަނިކް ކާބޯތަކެތި ލިބެން ހުރުމާއި، ކެއިން ބުއިމުގެ އިސްރާފު ކުޑަކުރުން ހިމެނެއެވެ.

މީގެއިތުރުން، އާންމު ސަރަހައްދު ތަކުގައި ދުންފަތުގެ އިސްތިއުމާލުކުުރުން މަނާ ކުރުމާއި، ގްރީން އޭރިއާތަކެއް ކަނޑައަޅައި، ބެލެހެއްޓުމާއި، ކައިރީގައިވާ ގުދުރަތީ ޕާކު ފަދަ ވަސީލަތްތަކާ ބެހޭ މައުލޫމާތު ގެސްޓުންނަށް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ. މި އެވޯޑު ހާސިލުކުރި ވިލާގެ ރިސޯޓުތަކުން ވަނީ މި ޝަރުތުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

ވެލް ހެލްތު ސޭފްޓީ ރޭޓިން

ވިލާގެ ރިސޯޓުތަކުގެ ތެރެއިން ސަން، ޕެރެޑައިސް އަދި ރޯޔަލް އައިލެންޑް ރިސޯޓުން ވަނީ ވެލް ހެލްތު ރޭޓިން މިއަހަރުގެ ތެރޭގައި ހާސިލުކޮށްފައެވެ. މި ރޭޓިން އަކީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތް މިނާ ރޭޓިންއެކެވެެ. މި ރޭޓިންގެ ތެރޭގައި މަސައްކަތުގެ ވެށީގެ ސަލާމަތާއި ރައްކާތެރިކަމާ އަދި މެއިންޓަނަންސް ޕްރޮޓޮކޯލް ދެމެހެއްޓުމާ ގުޅޭ ގޮތުން މުވައްޒަފުންނާއި ފަތުރުވެރިން ހޭލުންތެރިކަން އިތުރުކުރުމަށް މިކުންފުނިން އެހީތެރިވެދެއެވެ.

އިންޓަރނޭޝަނަލް ވެލް ބިލްޑިން އިންސްޓިޓިއުޓުން (އައި. ޑަބްލިއު. ބީ. އައި) ދޭ މި ރޭޓިންގއަކީ ހިންގުމުގެ ސިޔާސަތުތަކާއި، މެއިންޓެނަންސް އުސޫލުތަކާއި، މަސްލަހަތުވެރިންގެ ހިއްސާ އަދި ކޮވިޑުން އަރައިގަތުމަށް އެކުލަވާލެވިފައިވާ އެމަޖެންސީ ޕްލޭންތަކަށް ރިއާޔަތްކޮށް ދެވޭ އެވޯޑެކެވެ.

"ވެލް ހެލްތް ސޭފްޓީ ރޭޓިންގް ފޮރ ފެސިލިޓީ އޮޕަރޭޝަންސް އެންޑް މެނޭޖްމަންޓް އޮފް ވިލާ ރިސޯޓްސްގެ ލަގަބު ޙާޞިލުކުރުމުން ދައްކުވައިދެނީ ވިލާ ކުންފުނިން އާންމު ސިއްހަތާއި ރައްކާތެރިކަމަށް އަހައްމިއްޔަތުކަންދީ، ވިސްނުންތެރިކަމާއިއެކު މަސައްކަތްތަކެއް ކޮށްފައިވާކަން." ޕްރެޒިޑެންޓް އެންޑް ސީއީއޯ އޮފް އިންޓަރނޭޝަނަލް ވެލް ބިލްޑިން އިންސްޓިޓިއުޓް ރޭޗަލް ހޮޖެންސް ވިދާޅުވެފައިވެއެވެ.

ވިލާ ގްރޫޕުގެ ރިސޯޓެއް

ވެލް ހެލްތު ސޭފްޓީ ރޭޓިން ހޯދުމަކީ ވިލާ ރިސޯޓްސްގެ މުވައްޒަފުންގެ ސިއްހަތާއި، ދުޅަހެޔޮކަމަށް ކުރާ ވައުދު ދައްކުވައިދޭ ކަމެއް. "އެއީ މެހެމާނުންނާއި ޓީމް މެމްބަރުން ވެސް ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމާއި، މެހެމާނުންނަށް ޝަރަފުވެރި ތަޖުރިބާތައް ފޯރުކޮށްދިނުން." ވިލާ ގްރޫޕުން ހާމަކޮށްފައިވެއެވެ.

ގިނަ އެވޯޑްތަކެއް ލިބިފައިވާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓްތައް ރާއްޖޭގެ އެންމެ ރީތި ބައެއް އަތޮޅުތަކުގައި ގާއިމު ކުރެވިފައިވާއިރު، އޭގެ ތެރޭގައި އަރިތޮޅު ދެކުނުބުރީ ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކައިރި ހުންނަ އާހިތަވެރި އަދި އާއިލާއާ ރައްޓެހި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ، ބާ އަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގައި ހުންނަ ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް ކައިރީ ހުންނަ ރޯޔަލް އައިލެންޑް ޕްރީމިއަމް އޮލް އިންކްލޫސިވް ރިސޯޓާއި ނޯތު މާލެ އަތޮޅުގައި ހުންނަ ރޮމޭންޓިކް އަދި ލަގްޒަރީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ ހިމެނެއެވެ.

comment ކޮމެންޓް