ޖަމާލުއްދީން ސުކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުމުން މީހަކު ހައްޔަރު ކޮށްފި

ޖަމާލުއްދީން ސުކޫލު

ޖަމާލުއްދީން ސުކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖަމާލުއްދީން ސުކޫލަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:49 ގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް އޭނާގެ ބަންދަށް ޖަހައިދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް