ހެނދުނު ޖަލުން ފިލި ގައިދީ ހޯދައިފި

ކ. ހިންމަފުށީ އައްސޭރި ޖަލުން މިއަދު ހެނދުނު ފިލި ޤައިދީ މިރޭ ހޯދައިފިއެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ބުނީ އައްސޭރި ޖަލުން ޤައިދީއަކު ފިލުމާ ގުޅިގެން ފުލުހުންނާއި ކަރެކްޝަން ސާވިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އޭނާ ހޯދައިފައިވާކަމަށެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ޖަލުން ފިލާފައިވަނީ ބިރުދެއްކުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންއައި ފިރިހެން ޤައިދީއެކެވެ.

ނަމަވެސް އެ ގައިދީއާ ބެހޭ އެއްވެސް މައުލޫމާތެއް ކަރެކްޝަނަލް ސާވިސް އިން ނުދެއެވެ.

comment ކޮމެންޓް