މާފުށީ ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަނީ

ކ. މާފުށި--- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކ. މާފުށީ ކުއްޖަކު ސުކޫލަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު 11:34 ގައި އެ ސުކޫލު ކުއްޖަކު މަސްތުވާތެކެތި ސްކޫލަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ވަނީ ސުކޫލު ތެރޭގައި އިތުރު ކުދިންނާ ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ވެސް ކުރެވިފައެވެ.

comment ކޮމެންޓް