އެމްޑީޕީގެ އެތެެރޭގެ އިންތިޚާބު ބޮޑު ތަފާތަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
"ސަން"ގެ ހިސާބުތަކުން ދައްކާގޮތުން އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ފައްޔާޒް ހޯދީ ޖުމްލަ ވޯޓުގެ 58 އިންސައްތަ ކާމިޔާބުކޮށްގެންނެވެ. އޭނަޔާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ލިބުނީ ޖުމްލަ ވޯޓުގެ 42 އިންސައްތައެވެ.
އެމްޑީޕީގެ އާންމު މެންބަރުން ގިނަ ސަރަހައްދުތަަކަށް ބަލައިލާއިރު، މާލެ ސިޓީ އަދި ފުވައްމުލަކުން ކުރި ހޯދީ އިމްތިޔާޒެވެ. ނަމަވެސް، އައްޑޫ، ހުވަދޫ، އަދި ކުޅުދުއްފުށިން ވެސް ކުރީގައި އުޅެނީ ފައްޔާޒެވެ.
ބައެއް ސަރަހައްދުތަކުގެ ނަތީޖާ:
- މާލެ
1. އިމްތިޔާޒް ފަހުމީ %53
2. ފައްޔާޒް އިސްމާއީލް %46 - އައްޑޫ
1. އިމްތިޔާޒް ފަހުމީ %46
2. ފައްޔާޒް އިސްމާއީލް %53 - ފުވައްމުލައް
1. އިމްތިޔާޒް ފަހުމީ %57
2. ފައްޔާޒް އިސްމާއީލް %42 - ކުޅުދުއްފުށި
1. އިމްތިޔާޒް ފަހުމީ %33
2. ފައްޔާޒް އިސްމާއީލް %52

އިންތިޚާބުގެ ކާމިޔާބީއާ އެކު ރޮޒައިނާ ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ފައްޔާޒާއެކު، އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ކެމްޕޭންކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް އެ އިންތިޚާބު ބޮޑު ތަފާތަކުން ވަނީ ކާމިޔާބުކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރި މިފަހަރު ގަދަވެފައި މިވަނީ އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. އެގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒުގެ ފަހަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވި އިރު، ރައީސް މުޙައްމަދު ނަޝީދު ހުންނެވީ އިންތިއާ އެކުއެވެ.