މި އަހަރުގެ ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު, ބައެއް ކުދިންނާއެކު ވަގުތު ހޭދަކުރައްވައި، އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކާލައްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަސައްކަތް ކުޑަކުދިންތަކަކަށް ދައްކާލުން -- ފޮޓޯ/ ރައީސް އޮފީސް
އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިއަށްދާ ގޮތް ކައިރިން ދައްކަވާލެއްވުމުގެ އިތުރުން އެކަމަނާ ވަނީ ކުދިންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަސައްކަތް ކުޑަކުދިންތަކަކަށް ދައްކާލުން -- ފޮޓޯ/ ރައީސް އޮފީސް
މި ހަރަކާތަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އިސްނެގުމާއެކު، ރައީސްގެ އަނބިކަނބަލުންގެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކަށް ކުދިން އަހުލުވެރިވެ، އެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިން ދެކޭގޮތް ހާމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނާއި އަދި ކުޑަކުދިންނަށް އެކުދިންނާ ގުޅުންހުރި ކަންކަމުގައި ރަޢުޔު ހާމަކުރުމުގެ ހައްޤު ހޯދައިދިނުމަށާއި، އެކުދިންގެ ކަންބޮޑުވުންތަކުގައި ފަސްނުޖެހި ބަސް ބުނުމަށް ބާރުއެޅުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެ ކަމަނާގެ މަސައްކަތުދުވަހެއް ހޭދަކުރައްވާގޮތް ކުޑަކުދިންތަކަކަށް ދައްކާލުން -- ފޮޓޯ/ ރައީސް އޮފީސް
ކުޑަކުދިން ޝާމިލްވާ ކަންކަމުގައި އެކުދިން ދެކޭގޮތް ބެއްލެވުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގެން ރައީސްގެ އަނބިކަނބަލުން ވަނީ އިއްޔެގެ ވަގުތެއްގައި މި ހަރަކާތުގައި ބައިވެރިވާ ހަ ކުދިންނާ ބައްދަލުކުރައްވައި އެ ކުދިން ބަލަން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަސައްކަތް ކުޑަކުދިންތަކަކަށް ދައްކާލުން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން އެކުދިންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާއާ އެކުދިން ބައްދަލުކުރުމުގެ ފުރުސަތު ވެސް މިއަދު ފަހިކޮށްދެއްވާފައި ވެއެވެ.
ކޮންމެ އަހަރަކުވެސް ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މޭ 10 ގައެވެ.