ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީން ފައިނަލަށް

އެފްއޭ ކަޕްގެ ސެމީގައި މިރޭ ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު މެޗުން މޮޅުވެ ޗެލްސީން ފައިނަލްގައި ބައްދަލުކުރާނީ ވަރުގަދަ ލިވަޕޫލްއާއެވެ. ލިވަޕޫލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ މެންޗެސްޓާ ސިތީ ކަޓުވާލުމަށްފަހުއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ މައުސަން މައުންޓު ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މި ހާފުގައި ކްރިސްޓަލް ޕެލޭސް އިން ފޮނުވާލި ދެ ހަމަލާ ޗެލްސީގެ ކީޕަރު އެޑްވާޑް މެންޑީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ލަނޑުތައް ފެނިފައިވަނީ ދެ ވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރުބެން ލޮފްޓަސް ޗީކްއެވެ. އޭގެ ފަހުން ގޯލު ޖެހުމަށް ޗެލްސީން ވަނީ ހަމަލާތަކެއް އުފައްދާފައެވެ.

އިތުރު ގޯލަކަށް ޗެލްސީން ކުރި މަަސައްކަތް ކާމިޔާބުވެފައިވަނީ މެޗުގެ 76 ވަަ ނަ މިނެޓުގައެވެ. ޓީމޯ ވާނާގެ އެހީތެރިކަމާއެކި ޗެލްސީއަށް މި ލަނޑު ޖަހައިދީފައިވަނީ މޭސަން މައުންޓެވެ.

އެފްއޭ ކަޕްގެ ފައިނަލަށް ޗެލްސީން ނިކުންނައިރު، އެ ޓީމުން ވަނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ކަޓައިފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ކެޓީ ރެއާލް އަތުން އެގްރިގޭޓް 5-4 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

comment ކޮމެންޓް