ސައުތެމްޓަން އަތުން ބަލިވެ އާސެނަލް ހަ ވަނައަށް ވެއްޓިއްޖެ

މިރޭ ސައުތެމްޓަނާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އާސެނަލް ލީގު ތާވަލްގެ ހަ ވަނަ މަގާމަށް ވެއްޓިއްޖެއެވެ.

މިރޭގެ މަޗަށް ނިކުތްއިރު އާސެނަލް އޮތީ 54 ޕޮއިންޓާއެކު ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. މިރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލްގެ ބުކަޔޯ ސާކާ ފޮނުވާލި ބޯޅަ ސައުތެމްޓަންގެ ކީޕަރު ފްރަސާ ފޯސްޓާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި އާސެނަލްގެ ސްޓުއާޓް އާމްސްޓްރޯންގް ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި އާސެނަލްއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ސެޑްރިކް ސޯރެސް ފޮނުވާލި ބޯޅަ ދިޔައީ ސައުތެމްޓަންގެ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުތެމްޓަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ.

އެ ޓީމަށް ލަނޑު ޖަހައިދިނީ 43 ވަނަ މިނެޓުގައި ބެޑްނަރެކެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުބެ އެލްޔޫނުސީގެ އެހީތެރިމަކާއެކުއެވެ.

ސައުތުހެމްޓަންގެ ލަނޑަށްފަހު އާސެނަލުން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ލަނޑެއް ކާމިޔާބުކުރޭ ގޮތެއް ނުވިއެވެ.

މެޗުން މޮޅު ލިބުނު ތިން ޕޮއިންޓާއެކު ސައުތެމްޓަން އޮތީ ތާވަލްގެ 12 ވަނައިގައި 39 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވުމުން އާސެނަލް ވަނީ ތާވަލްގެ ހަ ވަނަ މަގާމަށް ވެއްޓިފައެވެ. އެއީ 31 މެޗުން ލިބޭ 54 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް