މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ.
މިއީ ވިލާ ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒު ކޮށްގެން، ފެކަލްޓީ ތަކުގެ މެދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދިނެވެ.
އިއްޔެ ހަވީރު ފެށި މި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ޖުމްލަ ހަ ފެކަލްޓީ އަކުން ބައިވެރިވި މި މުބާރާތުގައި އަތޮޅުތެރޭގެ ކެމްޕަސްތަކުގެ ދަރިވަރުން ކިޔަވާނީ އޮންލައިންކޮށެވެ. މާލޭގައި ތިބި ދަރިވަރުން ކިޔަވާނީ މެއިން ކެމްޕަސްއަށް ހާޒިރު ވެގެންނެވެ.

ވީސީއެސްއޭ އިންޓަ ފެކަލްޓީ ޤުރުއާން މުބާރާތް ފެށުން -- ފޮޓޯ/ ވީސީއެސްއޭ
މި މު ބާރާތުގައި ބައިވެރިވި ފެކަލްޓީ ތަކަކީ:
- ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް
- ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސައިންސް
- އެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް
- ފެކަލްތީ އޮފް ހެލްތް ސައިންސް
- ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ
- ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ
މިއީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމަށް، ވީސީއެސްއޭގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އެ ކޮލެޖުން މައުލޫމާތު ދިނެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނީ ކޮލެޖުން ބޭރުގެ ފަނޑިޔާރުންނެވެ.