ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަށް ލިބުނު ގެއްލުން ހައްލުކޮށް މިހާރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަނބުރާ ކަރަންޓު ފޯރުކޮށްދީފައިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ކޭބަލަށް ގެއްލުންވެ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ ޚިދުމަތް މިއަދު ހެނދުނު މެދުކެނޑުނެވެ.
ސްޓެލްކޯއިން ބުނިގޮތުގައި ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް މިހާރު އޮޕަރޭޝަނަށް ގެނެވި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް މިއަދު މެންދުރު ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.