ވިލާ ގޭސް އެޕުން ގޭސް އޯޑަރު ކޮށްލަން މިހާރު މާ ފަސޭހަ

ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް ވިލާ ގޭސް އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނީގެ ގޭސް ފަސޭހަކަމާއެކު އޯޑަރު ކުރެވޭނެ ގޮތް ހަދައިފިއެވެ.

ވިލާ ހަކަތައިން ބުނާ ގޮތުގައި ވިލާ ގޭސް އެޕް މެދުވެރިކޮށް ދޭ އޯޑަރުތައް އިތުބާރާއި އަވަސްކަމާއި ރައްކާތެރިކަމާއެކު ޑެލިވަރީކޮށްދޭނެއެވެ.

ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީވެސް ފެންނާނެ ގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ އެޕްލިކޭޝަން މެދުވެރިކޮށް ގޭޭސްފުޅި ގުޅުމަށް ބޭނުންވާ އާލާތްތައް ވެސް ފަސޭހަކަމާއެކު ލިބެން ހުންނާނެކަމަށް ވެސް ވިލާ ހަކަތައިން ބުންޏެވެ.

ވިލާ ގޭހަކީ ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑްގެ ރީޓެއިލް ބްރޭންޑެކެވެ. ވިލާ ގޭހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އައި ކުންފުންޏަށް ވާއިރު އެ ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ގޭސް ކައްކާ މާކެޓަށް ފޯރުކޮށްދިނުމެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭސް ރައްކާކުރުމުގެ ނިޒާމާއެކު ހަރުދަނާ ޓީމުގެ ވަރުގަދަ އުމްރާނީ ވަސީލަތްތަކާއެކު، ވިލާ ގޭސް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އިތުބާރުކުރެވޭ އެއް ބްރޭންޑަށެވެ.

ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން އޮއިލް)، ސިމެންތި އަދި އިމާރާތްކުރާ ސާމާނުގެ ވިޔަފާރި ކުރާ ބޮޑު ކުންފުންޏެކެވެ.

comment ކޮމެންޓް