އެފްއޭއެމް ވެޓަރަންސް ލީގު: އީގަލްސް އާއި ސިފައިން އެއްވަރުވެއްޖެ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ވެޓަރަންސް ލީގުގައި މިއަދު ހަވީރު ކުލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިއަދުގެ މެޗުގެ ގޯލުތައް ފެނިފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސިފައިންގެ ކުލަބުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޝާމިންއެވެ. އެ ލަނޑަށް ފަހުވެސް އިތުރު ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުކޮށް، ސިފައިންގެ ކުލަބަށް ލީޑު ފުޅާކޮށްދިނީ އަފްރާހު އިބްރާހީމެވެ.

އީގަލްސްއިން އެ ޓީމުގެ ދެ ލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އީގަލްސްފެ ދެ ވަނަ ލަނޑު ވެސް ޖަހައިދީފައިވަނީ އިބްރާހީމް އާރިފްއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

މި މުބާރާާތަކީ ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދާ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި އަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްގެ ފަރާތުންނެވެ.

މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް