އެމްއޭސީއެލްގެ ޑީއެމްޑީއަކަށް ތޯހާ ހަމަޖައްސައިފި

އެމްއޭސީއެލް ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ތޯހާ (ވ) --- ސަން ފޮޓޯ/ ފަޔާޒު މޫސަ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިބްރާހިމް ތޯހާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ޑީއެމްޑީގެ މަގާމަށް ތޯހާ ހަމަޖައްސާފައިވާ ކަމަށާއި އެގޮތަށް ނިންމާފައި ވަނީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކަމަށެވެ.

އެމްއޭސީއެލް ހިންގުން ވަގުތީގޮތުން ތޯހާއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެ ކުންފުނީގެ އޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

އެމްއޭސީއެލްއިން އޭރު ބުނީ ގޯޑަން އެ މަގާމުތަކުން ވަކި ކުރީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެގޮތަށް ނިންމައި، އެންގުމުން ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ގޯޑަން ހަމަޖެއްސީ ޖޫން 28، 2020ގައެވެ.

comment ކޮމެންޓް