ނެދަލޭންޑްސް ކޯޗުކަމާ އަލުން ކޫމަން ހަވާލު ވަނީ

ރޮނާލްޑް ކޫމަން

މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށްފަހު، ނެދަލޭންޑްސްގެ ކޯޗުކަމާ ރޮނާލްޑް ކޫމަން ހަވާލުވާނެކަން ހާމަކޮށްފިއެވެ.

މީގެ ކުރިން ވެސް ކޫމަން ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީ އިރުޝާދުދީފައެވެ. ކޫމަން ވަނީ 2019 ވަނަ އަހަރު ނެދަލޭންޑްސް އާއެކު ޔޫރޯ މުބާރާތުގެ ފައިނަަލަށް ވެސް ދަތުރުކޮށްފައެވެ.

އޭގެ ފަހުން އޭނާ ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށް، އޭނާ ނެދަލޭންޑްސްގެ ކޯޗުކަން ދޫކޮށްލީ 2020 ވަނަ އަހަރުއެވެ.

ނެދަލޭންޑްސްގެ ކޯޗަކަށް މިހާރު ހުރީ ލުއީ ވެން ހާލްއެވެ. ދާދި ފަހުން އޭނާ ވަނީ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުންދާކަން ހާމަކޮށްފައެވެ. ނަމަވެސް، މިއަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސްއަށް އިރުޝާދު ދޭނީ އޭނާއެވެ. އެއަށްފަހު، އޭނާގެ ބަދަލުގައި އެ ޓީމުގެ ކޯޗުކަމާ ކޫމަން ހަވާލުވާނެއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސް ޓީމުގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި ކޫމަން ހަރަކާތްތެރިވާނެ ކަމަށް ފުޓްބޯޅަ ފެޑެރޭޝަންގެ ޑިރެކްޓަރު މަރިއާން ވެން ލިއުވެންއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސް ހިމެނެނީ ގަަތަރާއި ސެނެގާލް އަދި އިކުއާޑޯއާއެކު ގްރޫޕް އޭގައެވެ.

comment ކޮމެންޓް