އެސިސްޓެޑް ލިވިން: ގޭތެރޭގައި ދެވޭ ސިއްހީފަރުވާގެ އާލާތްތަކަށް ޚާއްޞަ ޝޯރޫމް

ރޭ ކަނބާ އައިސާ ރަނި ހިނގުމުގައި ހުޅުވި އެސިސްޓެޑް ލިވިންގެ ޝޯރޫމް --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ބަލިވުމުން ހޮސްޕިޓަލް ނުވަތަ ސިއްހީފަރުވާ ދޭ ތަންތަނަށް ގެންގޮސްގެން ފަރުވާ ދިނުމަކީ އާންމުކަމެކެވެ. ގިނަ ބަލިތަކަކީ މިހެން ހޮސްޕިޓަލުގައި ފަރުވާދީގެން ރަގަޅުވެސް ކުރެވޭ ކަންކަމެވެ.

ނަމަވެސް ބައެއް ބަލި، އަނިޔާ ނުވަތަ ސިއްހީ ހާލަތްތަކަކީ ހޮސްޕިޓަލުން ބޭރުގައިވެސް ގިނަ ދުވަހަށް ޚާއްސަ އަޅާލުން ބޭނުންވާ ކަންކަމެވެ. ނަމަވެސް މިހެން ދިމާވާ ހާލަތްތަކުގައި އެކަމަށް ބޭނުންވާނެ އެކިއެކި އާލަތައް ރާއްޖެއިން ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިސާލަކަށް، މައިބަދައަށް ގެއްލުމެއް ލިބިފައިވާ މީހަކު ވަކި ކަހަލަ އެނދެއްގައި ނިދަން އިރުޝާދު ދީފިނަމަ އެފަދަ އެނދެއް މާލެ އިން ހޯދުން އެހާ ފަސޭހަ ނުވެދާނެއެވެ.

ރޭ ކަނބާ އައިސާ ރަނި ހިނގުމުގައި އެސިސްޓެޑް ލިވިންގެ ޝޯރޫމް ހުޅުވުމުގެ ތެރެއިން ---

މިމައްސަލަތަކަށް ވަރަށް ފުރިހަމަ ހައްލެއް ގެނެސްދޭނެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފިއެވެ. އެސިސްޓެޑް ލިވިން އަކީ ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ވަރަށް ގިނަ ޙާލަތްތަކުގައި ބޭނުންކުރުމަށް ޚާއްޞަ އާލާތްތައް ވިއްކާ ފިހާރައެކެވެ.

މާފަންނު ކަނބާ އައިސާ ރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި، އައިޖީއެމްއެޗްގެ ކުރިމަތީގައި ހުންނަ މި ޝޯރޫމް ރޭ ރަސްމީކޮށް ހުޅުވައިދެއްވީ، ސެނަހިޔާގެ ޕަލްމޮނޮލޮޖިސްޓް ޑޮކްޓަރު މުޙައްމަދު ފާލިހު ޢަލީއެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާއި، ޖަމްޢިއްޔާތަކާއި، އެފް.އޭ.އެމްގެ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލްގެ ޕަލްމޮނޮލޮޖިސްޓް އަދި އޯތޮޕެޑިކް ފަދަ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭ ކަނބާ އައިސާ ރަނި ހިނގުމުގައި ހުޅުވި އެސިސްޓެޑް ލިވިންގެ ޝޯރޫމް ---

ހޮސްޕިޓަލުގައި ބޭނުން ކުރާފަދަ އެނދުތަކާއި، އިލެކްޓްރިކް އަދި މެނުއަލް ވީލް ޗެއައާއި، ކަށީގެ ތަފާތު އަނިޔާތަކަށް ބޭނުންކުރާ ގާޑުގެ އިތުރުން ނޭވާލުމުގެ ނިޒާމަށް ނުވަތަ ނިދުމުގެ މައްސަލަތައް ހުންނަ މީހުނަށް ޚާއްޞަ މެޝިން ފަދަ، ގިނަފަހަރަށް ރާއްޖެއިން ލިބެން ނުހުންނަ ތަކެތިި އެ ފިހާރައިން ލިބެން ހުރެއެވެ. މީގެ އިތުރުން ދާއިމީ ބޭނުމަށް ނުވަތަ ތެރަޕީއަށް ބޭނުންވާނެ ފަދަ ޚާއްޞަ ބާލިސް ލިބެންހުންނާނެއެވެ.

އެތަނުން ވިއްކާ އިލެކްޓްރިކް ވީލްޗެއާ އާއި މެކޭނިކަލް ނުވަތަ ޚާއްޞަ ޑިވައިސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކުރުމުގެ ޚިދުމަތްވެސް އެސިސްޓެޑް ލިވިންގެ ފަރާތުން ދިނުމަށް ތައްޔާރުވަމުން ދާކަމަށް އެ ފިހާރައިން ބުނެއެވެ.

ރޭ ކަނބާ އައިސާ ރަނި ހިނގުމުގައި ހުޅުވި އެސިސްޓެޑް ލިވިންގެ ޝޯރޫމް --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

މާލޭގެ އިމާރާތްތައް ހުންނަ ގޮތުން، ލިފްޓް ނުހުންނަ ހާލަތްތަކުގައި، މަތީ ފަންގިފިލާއެއްގައި އޮންނަ ބަލި މީހަކު ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު އިމާރާތުގެ ތިރިއަށް ބޭލުމަށް ނުވަތަ މައްޗަށް ގެންދިއުމަކީ ވަރަށް ދަތި ކަމެކެވެ. އެފަދަ ހާލަތެއްގައި ބަލި މީހާ ނުވަތަ ޙާއްޞައެހީއަށް ބޭނުންވާ މީހާ ބޭލުމަށް ބޭނުންކުރާ ޙާއްޞަ އާލަތްތައް ވެސް އެސިސްޓެޑް ލިވިންއިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ވަރަށް ގިނަ ސާމާނު އެ ޝޯރޫމުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެއާއި ފާހާނާގައި ހަރުކުރާނެ ތަކެއްޗާއި، އަމިއްލައަށް އެނދަށް އަރާ ފައިބަން އެހީތެރިވާނެ ސާމާނު ހިމެނެއެވެ. މީގެ އިތުރުން ހިނގާ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާގެ އަދި ވޯކާ ފްރޭމްސް ފަދަ ވަރަށް ގިނަ ވައްތަރު އެތަނުން ލިބެން ހުންނާނެއެވެ.

ރޭ ކަނބާ އައިސާ ރަނި ހިނގުމުގައި އެސިސްޓެޑް ލިވިންގެ ޝޯރޫމް ހުޅުވުމުގެ ތެރެއިން ---

އެސިސްސްޓެޑް ލިވިންއިން ވިއްކާ ޚާއްޞަ ތަކެތީގެ ތެރޭގައި ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝަދުދޭ ގާޑު ނުވަތަ ބްރޭސަސްގެ ބްރޭންޑް "ތުއާސްނޭ"ގެ އުފެއްދުންތައް ހިމެނެއެވެ.

އެތަނުން ވިއްކާ ސާމާނަކީ އާންމުކޮށް ބޭނުން ނުކުރާ އަދި ލިބެން ނުހުންނަ ތަކެއްޗަށް ވާތީ، އެފަދަ ސާމާނު އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތަށް އެތުރޭނެ ގޮތް، އެތަނަށްދާ މީހުންނަށް ދައްކާލުމަށް ބަހައްޓާފައި ހުރެއެވެ.

ރޭ ކަނބާ އައިސާ ރަނި ހިނގުމުގައި އެސިސްޓެޑް ލިވިންގެ ޝޯރޫމް ހުޅުވުމުގެ ތެރެއިން ---

އެ ޝޯރޫމުން ވިއްކާ ބައެއް ބްރޭންޑްތަކަކީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އަދި ގިނަ ބައެއްގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބްރޭންޑްތަކެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ޓެނާ، ޗާޗް އެންޑް ޑްވައިޓް، ބީއެމްސީ، ސޮފްޓް ޓަޗް، ތުއަސްނޭ، ޑައިނާ ފަދަ އިންޓަނޭޝަނަލް ބްރޭންޑްތައް ހިމެނެއެވެ.

comment ކޮމެންޓް