ކަޕިލް ޝަރުމާ ޝޯ ވަގުތީ ގޮތުން މެދުކަނޑާލަނީ

ކަޕިލް ޝަރުމާގެ ޔޫއެސްއޭ ޓުއާގެ ސަބަބުން ކަޕިލް ޝަރްމާ ޝޯ ވަގުތީ ގޮތުން މެދެކަނޑާލަން ނިންމައިފިއެވެ.

ކަޕިލް ޝަރްމާ ޝޯއާ ވަރަށް ގާތް މީހަކު ބުނާ ގޮތުގައި ކަޕިލް ވަނީ ޖޫން މަހުގެ މެދެއްހާ ހިސާބުން އެއް މަސް ދުވަހުގެ ޔޫއެސްއޭ ޓުއާއެއް ރާވާފައެވެ. އެހެންވެ އޭނާއަށް އެދުވަސްތަކުގައި ޝޫޓެއް ނުކުރެވޭނެއެވެ. ނަމަވެސް ބައެއް އެޕިސޯޑްތައް ކުރިޔާލާ ޝޫޓް ކޮށްފައި ދައްކާނެ ކަމަށް ވެސް، މީޑިއާތަކާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިދިޔަ އަހަރުވެސް ކަޕިލް ޝަރުމާ ޝޯ ވަނީ ދުވަސްކޮޅަކަށް މެދުކަނޑާލާފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަޕިލްއަށް ދެވަނަ ދަރިފުޅު ލިބުމުންނެވެ.

އޭރު ޝޯ މެދުކަނޑާލީ ކީއްވެތޯ މީހަކު ސުވާލުކުރުމުން ކަޕިލްގެ ބުނީ އެއީ އޭނާގެ އަންހެނުންނާއެކު ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ބޭނުންވާތީ ކަމަށެވެ.

އޭގެ ފަހުން ކަޕިލް ޝޯ ފެށީ އެ އަހަރުގެ ޖޫން މަސް ތެރޭގައެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން މިފަހަރު ޝޯ މެދުކަނޑާލަނީ އެހާ ދިގު މުއްދަތަކަށް ނޫނެވެ. އަދި މިވަގުތު ކަޕިލް ދަނީ ބޮލީވުޑްގެ ފިލްމެއްގައިވެސް މަސައްކަތް ކުރަމުންނެވެ.

ސޮނީ ޓިވީގައި މިހާރު ދައްކަމުން ދަނީ ކަޕިލް ޝަރުމާގެ ތިން ވަނަ ސީޒަނެވެ.

comment ކޮމެންޓް